ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 10:19
ނައިފަރުގެ ބަނދަރުމަތި:- ކުރަމުންދާ ވިއްސާރައާ  ގުޅިގެން އެރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި
ނައިފަރުގެ ބަނދަރުމަތި:- ކުރަމުންދާ ވިއްސާރައާ ގުޅިގެން އެރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި
ރާއްޖެ އެމްވީ
މެޓް އޮފީސް
މިއަދުވެސް ބައެއް ރަށްތަކަށް އުދަ އަރާނެ: މެޓް އޮފީސް
އުދަ އަރާނެ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވެނީ އުތުރުގެ ހަތަރު އަތޮޅަށް
ރާއްޖޭގެ ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ގަދަވާނެ

ރާއްޖެއަށް ކުރާ ވިއްސާރައާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްތަކަށް އުދައަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު އެންމެ ބޮޑީ އުތުރު ހަތަރު އަތޮޅަށެވެ. އެހެންކަމުން ހއ އަތޮޅާއި ބ.އަތޮޅާއި ރ.އަތޮޅަށް، މިއަދުވެސް އުދައަރާފާނެ ކަމަށް ބެލެވެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ސަރައްދަށް 13 މޭލާއި 23 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހެމުންދެ އެވެ. އަދި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ހަމަ އެހެންމެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް މާލެއާ އެހެން ބައެއް ރަށްތަކަށް ވަނީ އުދައަރާފަ އެވެ. މަލިކަށް އެރި ތޫފާނާއި ގުޅިގެން ރާއްޖެއަށް ބޯކޮން ވާރޭވެހި އާދަލާ ހިލާފަށް ވައި ގަދަވެފައިވެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ތޫފާނާ ގުޅިގެން ކުރަމުންދާ ވިއްސާރަ އަލިވެ، ކަނޑުތައް މަޑުވެގެންދާނެ ކަމަށް ލަފާ ކުރަނީ މާދަމާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް