ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 08:59
ރައީސް ނަޝީދު: ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިނގިރޭސީންގެ ހިމާޔަތަށް ދިއުމަށް ދިވެހިން ވީފަދަ އެއްބަސްވުމެއްކަމަށް ސިފަކުރެއްވި
ރައީސް ނަޝީދު: ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިނގިރޭސީންގެ ހިމާޔަތަށް ދިއުމަށް ދިވެހިން ވީފަދަ އެއްބަސްވުމެއްކަމަށް ސިފަކުރެއްވި
ރާއްޖެއެމްވީ
ޗައިނާ - ރާއްޖެ
ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓަކީ އިނގިރޭސީންގެ ހިމާޔަތަށް ދިއުމަށް ވީފަދަ އެއްބަސްވުމެއް: ރައީސް ނަޝީދު
އެއްބަސްވުމުގެ ސަބަބުން ޗައިނާއިން އެތެރެކުރާ މުދަލުން ޑިއުޓީއެއް ނުނެގޭނެ
އެއްބަސްވުމުގެ ފައިދާ ކުރާނީ ޗައިނާގެ ވިޔަފާރިވެރިންނަށް
ރާއްޖޭގެ ބާޒާރުގައި ޗައިނާގެ މުދަލުގެ ސްޓޮކް އިންތިހާއަށް އިތުރުވާނެ

ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިިނގިރޭސީންގެ ހިމާޔަތަށް ދިއުމަށް ދިވެހިން ވީފަދަ އެއްބަސްވުމެއް ކަމަށާއި، އޭގެން ދިވެހިންނަށް އެއްވެސް ވަރެއްގެ ފައިދާއެއް ނުކުރާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޔޫޓިއުބުގައި އާންމުކުރެއްވި އޯޑިއޯ މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާ އާއި ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން، އިނގިރޭސީންގެ ހިމާޔަތަށް ދިއުމަށް ދިވެހިން ވި އެއްބަސްވުމާއި އެއްގޮތްވަނީ، އެ އެއްބަސްވުމުން ދިވެހިންނަށް ފައިދާއެއް ނުލިބި، އެއްބަސްވުމުގެ ހުރިހާ ފޮނިމީރުކަމެއް ޗައިނާއަށް ލިބޭތީ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދާ އެތެރެކުރަނީ މުދާ އެތެރެވާ ޤައުމުގެ ސަރުކާރަށް ޑިއުޓީ އާއި ޓެކްސްގެ ގޮތުގައި އެއްވެސް ފައިދާއެއް ނުލިބޭނެ އުސޫލެއްގެ ތެރެއިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ މާނައަކީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ މުދަލުން ޑިއުޓީ ނުނެގުމެވެ. މިގޮތަށް ދިމާވާ ހާލަތުގައި ބާޒާރުގައި ޗައިނާގެ މުދާ ގިނަވެ، ޗައިނާގެ ވިޔަފާރިވެރިންނަށް ބޮޑު ފައިދާއެއް ލިބޭނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މިފަދަ އެއްބަސްވުމެއްގެ ފައިދާ ބޮޑަށް ވާނީ އުފެއްދުންތެރިކަން ބޮޑު، ގިނައިން މުދާ އެކްސްޕޯޓް ކުރާ ޤައުމަށް ކަމަށް ވާއިރު، ރައީސް ނަޝީދު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ޗައިނާއަށް އެތެރެކޮށްފައިވާ މުދަލުގެ މިންވަރާއި ޗައިނާއިން ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ މިންވަރު އަޅައިކިޔުއްވާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން، ޗައިނާގެ މާކެޓުގެ ތެރެއަށް ހެޔޮއަގުގައި ވަންނަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރާނެ ކަމަށް ސަރުކާރުން ބުނެފާނެ ކަމަށާއި، ނަމަވެސް ކަން އޮތީ އެގޮތަށް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ވިޔަފާރިއަށް ހުރި ވަސީލަތްތައް މާ ބޮޑުތަނުން އިތުރު، މާ ބިންބޮޑު ޤައުމުތަކުންވެސް ޗައިނާ އާއި އެކު ފްރީޓްރޭޑް އެއްބަސްވުން ޤާއިމްކޮށްފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން އިންވެސްޓަރުން ދާނެ ކަމަށް ބެލެވެނީ އެ ޤައުމުތަކަށްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް