ކ. މާލެ
|
1 ޑިސެންބަރ 2017 | ހުކުރު 13:00
މިސްކިތެއްގައި މީހަކު ގުރުއާން ކިޔަވަނީ: ކޮންމެ މީހަކުވެސް ކީރިތި ރަސޫލާދެކެ ލޯބިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި
މިސްކިތެއްގައި މީހަކު ގުރުއާން ކިޔަވަނީ: ކޮންމެ މީހަކުވެސް ކީރިތި ރަސޫލާދެކެ ލޯބިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި
މުހައްމަދު ޝަރުހާން
ހުކުރު ހުތުބާ
ރަސޫލާ ދެކެ ލޯބިވެވޭނީ އެކަލޭގެފާނުގެ ސުންނަތް ދިރުވައިގެން: ޚުތުބާ
ތޭވިހަކަށް އަހަރުގެ ތެރޭގައި ކީރިތި ރަސޫލާ ވަނީ ވަރުގަދަ އުއްމަތެއް ބިނާކުރައްވާފައި
ކީރިތި ރަސޫލާގެ ޞަޙާބީން ވަނީ ފުރާނަފުޅަަށްވުރެ ބޮޑަށް ރަސޫލާދެކެ ލޯބިފުޅުވެފައި

ކީރިތި ރަސޫލާ ދެކެ ލޯބި ވެވޭނީ އެކަލޭގެފާނުގެ ސުންނަތް ދިރުވައި، އެކަލޭގެފާނު ގެންނެވި ހިދާޔަތަށް ތަބާވެގެން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ދުވަހުގެ ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާދެކެ ކޮންމެ މީހަކުވެސް ލޯބިވާން  ޖެހޭ ކަމަށާއި އެކަލޭގެފާނު ދެކެ ލޯބިވެވޭނީ އެކަލޭގެފާނުގެ މާތް އަޚުލާގުން ގަހަނާ އަޅައިގެން ކަމަށެވެ.

ކީރިތި ރަސޫލާ އުފަންވެވަޑައިގެންނެވުން ވެފައިވަނީ ޖާހިލުކަމާއި ޝިރުކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތްކުރި ވަރުގަދަ ރިސާލާތުގެ ފެށުން ކަމަށާއި އެކަލޭގެފާނު ގެންނެވި އިސްލާމީ ދައުވަތުގެ ސަބަބުން އީމާންކަން މުޅު ދުނިޔެއަށް ފެތުރުނުކަން ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.   

އަދި އެކަލޭގެފާނަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގެ މިސާލެއްގެ އިތުރުން ދެފުށް އެއްގޮތް ކަމާއި ހިތްތިރި ކަމުގެ ނަމޫނާ ކަމުގައިވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން ތޭވިހަކަށް އަހަރުގެ ތެރޭގައި އެކަލޭގެފާނު ވަރުގަދަ އުއްމަތެއް ބިނާކުރައްވާފައިވާއިރު، އެއްވެސް ޒަމާނެއްގައި އެ ފަދަ ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ ހަޟާރާތަކާއި މަދަނިއްޔަތަކާއި ރަށްވެހި ކަމެއް ބިނާކުރި ދެވަނަ ޝަޚުސިއްޔަތެއް ތާރީޚުން ފެންނާން ނެތް ކަމަށާއި، އަދި އެފަދަ ވަރުގަދަ ހަޟާރާތެއް، މަތިވެރި އުއްމަތެއް ގާއިމުވެގެން ދިޔައީ އެކަލޭގެފާނުގެ މަދަރުސާއިން ދަސްވެވެނިވެވަޑައިގެންނެވި ދަރިވަރުންގެ ވިސްނުންތޫނު ކަމާއި ދުރުވިސްނުމާއި ހިކުމަތު އަމަލީގެ ސަބަބުން ކަންވެސް ވަނީ ފާހަގަކޮށްފައެވެ..

މީގެ އިތުރުންވެސް ކީރިތި ރަސޫލާގެ ސަހާބީން ވަނީ އެކަލޭގެފާނާއެކު ހުރިހާ ވަގުތުތަކެއް ހޭދަ ކުރައްވައި، އެ ބޭކަލުންގެ ދަރިކަލުންނާއި އަމިއްލަ ފުރާނަފުޅަށްވުރެ ބޮޑަށް އެކަލޭގެފާނުގެ ދެކެ ލޯބިފުޅުވެފައިކަމަށް ހުތުބާގައިވެއެވެ.

މީހުންނާއި މުހާތަބު ކުރުމުގައި ކީރިތި ރަސޫލާއި ނަމޫނާއަކަށް ބެލުމަށާއި އެކަލޭގެފާނުގެ ސީރަތުން ހެޔޮލަފާ މުޖުތަމައުއެއް އުފެއްދުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް