ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 18:23
ރާއްޖެ ޓީވީ:1.7 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި
ރާއްޖެ ޓީވީ:1.7 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި
ރާއްޖެއެމްވީ
ރާއްޖެޓީވީ- ބްރޯޑްކޮމް
ޒާތީ މައުލޫމާތު ކަމަށް ބުނެ ރާއްޖެ ޓީވީ ޖޫރިމަނާކުރި ބައްދަލުވުމުގެ ޔައުމިއްޔާ ނުދޭން ނިންމައިފި
އެ މައުލޫމާތު ދީފައި ނުވަނީ މައުލޫމާތު ހޯދައި ލިބި ގަތުމުގެ ޤާނޫނަށް ރިއާޔަތްކޮށް
އެގޮތައް ނިންމިކަން އެންގީ ރާއްޖެ ޓީވީން އެމައުލޫމާތު ހޯދަން އެކޮމިޝަނަށް ފޮނުވި ސިޓީއަށް ދެއްވި ޖަވާބުގައި

ޒާތީ މައުލޫމާތު ތަކެއް ކަމަށް ބުނެ، ރާއްޖެ ޓީވީއާމެދު ފިޔަވަޅު އެޅި ބައްދަލުވުންތަކުގެ ޔައުމިއްޔާ ދެވެން ނެތްކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން އެގޮތައް ނިންމިކަން އެންގީ ރާއްޖެ ޓީވީން އެމައުލޫމާތު ހޯދަން އެކޮމިޝަނަށް ފޮނުވި ސިޓީއަށް ދެއްވި ޖަވާބުގައެވެ.

ރާއްޖެ ޓީވީން އެކޮމިޝަންގައި އެދިފައިވަނީ އަބުރުގެ ޤާނޫނުގެ ދަށުން މިހާތަނަށް ކޮމިޝަނުން ބަލާފައިވާ ރާއްޖެ ޓީވީގެ މައްސަލަތައް ބެލުމަށް ބޭއްވި ކޮމިޝަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި ވޯޓުގެ ތަފްސީލް ދެއްވުމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެމައްސަލަތައް ބެލުމަށް ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގެ ޔައުމިއްޔާ އާއި ވޯޓުގެ ތަފްސީލް، މައުލޫމާތު ހޯދާ ލިބިގަތުމުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދެވެން ނެތްކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި  ބުނެފައިވަނީ ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާނަމަ، އެމައުލޫމާތެއް އެތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އިއިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެން ނުވާނެ ކަމަށެވެ.

އެމާއްދާގެ (ށ) ގައި ބުނެފައިވަނީ މިމާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، ޢާއްމު މަސްލަހަތު ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެތިންވަނަ ފަރާތުގެ ރުހުމާ ނުލައި, މި ޤާނޫނުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވާލާ މުރާޖަޢާ ކޮމިޓީގެ ހުއްދައާއެކު އެ މަޢުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތައް ދޫކުރެވިދާނެ ކަމަށެވެ.

ރާއްޖެ ޓީވީ ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު އެތިން މައްސަލައިގެ ތެރެއިން ދެމައްސަލައަކީ ކޯޓު މަރުހަލާގައި ކުރިއަށްދާ މައްސަލަ ކަމަށްވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޔައުމިއްޔާއާއި ވޯޓުގެ ތަފްސީލު ދެވެން ނެތްކަމަށްވެސް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ދޫކުރަންޖެހޭ މައުލޫމާތަކީ، ޤާނޫނީ ގޮތުން ހިންގާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ޤާނޫނީ އިމްތިޔާޒް ލިބިގެންވާ މައުލޫމާތެއް ކަމުގައިވާނަމަ، އެމައުލޫމާތު ދޫ ނުކުރުމުގެ އިޚްތިޔާރު ދައުލަތުގެ އެއިދާރާއަކަށް ލިބިގެންވާ ކަމަށެވެ.

އެމާއްދާގެ (ށ) ގައި ބުނެފައިވަނީ އެމާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ޤާނޫނީ އިމްތިޔާޒްގެ މަންފާ ލިބިގެންވާ ފަރާތުން އެއިމްތިޔާޒް ދޫކޮށްލައިފިނަމަ، މިމާއްދާގައި ބުނާ އުސޫލެއް ދެން އެ މައުލޫމާތެއްގެ މައްޗަށް ނުހިނގާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް