ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 17:43
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް
ރާއްޖެ އެމްވީ
ތިލަ އުތުރު
މޫސުން ގޯސްވުމުން ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުމުގެ ޖަލްސާ ކެންސަލްކޮށްފި
ޖަލްސާ ބާއްވާނެ ތަރީހެއް ކައުންސިލުން އިއުލާން ކުރާނެ
ޖަލްސާގެ ޝަރަފްވެރި މެހުމާނަކީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް މަޖާލު އަބޫބަކުރު

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގެ ނަމުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑް ދިނުމުގެ ހަފްލާ ވިއްސާރުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ކައުންސިލްގެ އިނާމު ދިނުމުގެ ޖަލްސާ ކެންސަލްކުރަން ޖެހުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގެ ސަބަބުން ކަމަށެވެ. މޫސުން ރަނގަޅުވުމުން މި ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

މި ހަފްލާގައި ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ފާހަގަ ކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކަށާއި،  ހއ. އަތޮޅުގެ ސުކޫލްތަކުން ފަހުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކަށާ، އެ އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އެ އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކާއި ކުލަބު ޖަމިޢިއްޔާއެއް ފާހަގަކޮށް، އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހއ. އަތޮޅު ކައުންސިލުން އެވޯޑް ދިނުމަށް ހަފްލާއެއް ބާއްވައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދައިރާތައް

  1. ޝަރަފުވެރިކަމުގެ އިނާމު
  2. މަތީދަރަޖަ ހޯދާ ފަރާތަކަށް ދެވޭ ޚާއްސަ އިނާމު
  3. ހިތްވަރު ދިނުމުގެ އިނާމު
  4. ކައުންސިލުން ދޭ ޚާއްސަ އިނާމު
  5. ހިންގުންތެރިކަމުގެ އިނާމު
  6. ހާއްސަ ޚިދުމަތުގެ އިނާމު

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ މި އެވޯޑް ދިނުމުގެ މަގްސަދަކީ ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގުއާއި، އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޙިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ހދ އަތޮޅުގެ ޝަރަފުވެރިންގެ އަގު ވަޒަން ކުރުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް