ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 16:45
ދ. މީދޫގައި ފެން ހިންދުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ
ދ. މީދޫގައި ފެން ހިންދުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ
މުހައްމަދު ފަޒީން
ކަނޑުމަތީގެ ހާދިސާ
މިއަދު އެކަނިވެސް ކަނޑުމަތީގެ 14 ހާދިސާއެއް ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެ ނަމަ ކޯސްޓްގާޑުގެ 191 އަށް ގުޅުއްވާ
ކުރިއަށް އޮތް 12 ގަޑި އިރުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ
ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި ގުޅިގެން ސިފައިން ތިބީ ތައްޔާރީ ޙާލަތުގައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑުމަތީގެ 14 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ހިނގައިފި ނަމަ، ކޯސްޓްގާޑުގެ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި ދިމާވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ވެސް އެމްއެންޑީއެފް އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފްގެ ހުރިހާ އޭރިއާތައް މި ކުރާ ވިއްސާރައިގައި ދިމާވެދާނެ ހާދިސާއަކަށް  ތައްޔާރީ ހާލަތުގައި އޮތް ކަމަށް ސިފައިން ބުނެ އެވެ. އަދި އަތޮޅު ތަކުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

 އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ދ.މީދޫ ގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ވެސް އެރަށުގައި ހަރަކާތްތެރިވެފަ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހެމުންދާނެ ކަމަށެވެ. ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް