ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 09:14
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް
ރާއްޖެ އެމްވީ
ތިލަ އުތުރު
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި
އިނާމް ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ
ޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައި
ޖަލްސާގެ ސަރަފްވެރި މެހުމާނަކީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް މަޖާލު އަބޫބަކުރު

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމްގެ ނަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިރޭ އެވޯޑް ދިނުމުގެ ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.

 މި ހަފްލާގައި ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ފާހަގަ ކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކަށާ،  ހއ. އަތޮޅުގެ ސުކޫލްތަކުން ފަހުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކަށާ، އެ އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އެ އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކާއި ކްލަބު ޖަމިޢިއްޔާއެއް ފާހަގަކޮށް، އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.  އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހއ. އަތޮޅު ކައުންސިލުން އެވޯޑް ދިނުމަށް ހަފްލާއެއް ބާއްވައެވެ. 

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ އެވޯޑް ދިނުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ދިއްދޫ ދެކުނު ބަނދަރު ސަރަހައްދުގައި ކަމަށެވެ. މި ޖަލްސާގެ ސަރަފްވެރި މެހުމާނަކަށް ހަމަޖެހިފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދައިރާތައް

  1. ޝަރަފުވެރިކަމުގެ އިނާމް
  2. މަތީދަރަޖަ ހޯދާ ފަރާތަކަށް ދެވޭ ހާއްސަ އިނާމް
  3. ހިތްވަރު ދިނުމުގެ އިނާމް
  4. ކައުންސިލުން ދޭ ހާއްސަ އިނާމް
  5. ހިންގުންތެރިކަމުގެ އިނާމް
  6. ހާއްސަ ޚިދުމަތުގެ އިނާމް

މި ޖަލްސާ ރާއްޖެޓީވީން މިރޭ ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ މި އެވޯޑް ދިނުމުގެ މަގްސަދަކީ ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގުއާއި، އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޙިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ހދ އަތޮޅުގެ ޝަރަފުވެރިންގެ އަގު ވަޒަން ކުރުން ކަމަށެވެ.

 

- ކޮމެންޓް