ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މޫސުމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ބުދަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީލަންކާގައި ދިރިއުޅެމުންގެންދާ ދިވެހިން ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށާއި ހުރިހާ ބޭފުޅުންވެސް ގޭގައި ތިއްބެވުމަށް ނަސޭހަތްތެރިވާ ކަމަށެވެ. ސަބަބަކީ ސްރީލަންކާގައި ކޮޅިގަނޑެއް އުފެދި މިވަގުތު މޫސުން ގޯސްވެ، ގަދަޔަށް ވިއްސާރަކުރާތީކަމަށް ސަފީރު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ސްރީލަންކާގެ މެޓް ޑިޕާޓްމަންޓުން ކުރިއަށް އޮތް 12 ގަޑިއިރަށް ލަންކާގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރެޑް ނޯޓިސް ނެރެފައިވާ ކަމަށެވެ.
1 of 2:
— Mohamed H. Shareef (@mundhu_maldives) November 29, 2017
Sri Lankan Met Department has issued a Red Notice warning for next 12 hours. We advise all Maldivians in Sri Lanka to stay indoors and avoid non-essential trips outside, as a precaution against strong winds and stormy weather affecting Colombo and suburbs at the moment.
މުންދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ސްރީލަންކާއަށް މޫސުން ގޯސްވުމާއި ގުޅިގެން ބޯކޮށް ވާރޭ ވެހި، ކަނޑު ގަދަވާނެ ކަމަށެވެ. އަދި ސްރީލަންކާގެ ހުންނަ ރާއްޖޭ އެމްބަސީގެ ކޮންސިއުލާ ޑިޕާޓްމަންޓުގެ ހެލްޕް ލައިން 0768096660 އަށް، އެމެޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހުރިހާ ބޭފުޅުންނަށް ގުޅުއްވުމަށް މުންދު ޓުވީޓުގައި އެދިވަޑައިގެންނެވިއެވެ.
2 of 2:
— Mohamed H. Shareef (@mundhu_maldives) November 29, 2017
Heavy rains are likely to persist. Seas too will be very rough. The eye of the depression is passing due west of the city. Please note that the Consular Department helpline of 0768096660 is open in case of any emergencies. Maldives Embassy in Sri Lanka
ލަންކާ ކައިރީގައި ކޮޅިގަނޑު އުފެދުމާއި ގުޅިގެން މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މެޓް އޮފީހުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.