ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 22:25
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
އަޒުމޫން އަހުމަދު
ގައުމީ ޔުނިވަރސިޓީ
ގައުމީ ޔުނިވަރސިޓީގެ ޝަރީއާ އެންޑް ލޯ އާއި އިސްލާމިކް ސްޓްޑީސް އެއްކޮށްލައި އާ ފެކަލްޓީއެއް އުފައްދައިފި
ފެެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ނަމުން ފެކަލްޓީއެއް އުފައްދާފައިވޭ
ޝަރީއާ އެންޑް ލޯގައި 300 ކުދިން އަންނަނީ ކިޔަވަމުން
މިދެ ފެކަލްޓީ އެއްކޮށްލީ ކީއްވެގެންކަން ސާފެއް ނުވޭ

ގައުމީ ޔުނިވަރސިޓީ އިން އެ ޔުނިވަރސިޓީގެ ދެ ފެކަލްޓީ ކަމުގައިވާ ޝަރީއާ އެންޑް ލޯ އާއި އިސްލާމިކް ފެކަލްޓީ އެއްކޮށްލައިފި އެވެ.

މިދެ ފެކަލްޓީ އެއްކޮށްލުމަށް ފަހު ވަނީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ނަމުން ފެކަލްޓީއެއް އުފައްދާފަ އެވެ.

މީގެ ކުރިން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އިސް ބޭފުޅަކު ރާއްޖެއެމްވީއަށް ވިދާޅުވެފައި ވަނީ އެ ފެކަލްޓީ އުވާލުމަށް ފަހު ލޯ ނުވަތަ ގާނޫނުގެ ބައި ބަދަލުކުރަނީ ސްކޫލް އޮފް ބިސްނަސް އެންޑް ލޯއަށް ކަމަށާއި ޝަރީއާ ބައި އިސްލާމިކް ފެކަލްޓީއަށް ބަދަލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ސެޓްފިކެޓް ލެވެލް އާއި އެޑްވާންސް އާއި ޑިޕްލޮމާ ލެވެލްގެ އިތުރަށް ބެޗެލާސް ޑިގްރީ އަދި މާސްޓާސް ލެވެލްގެ ކޯސްތައް ކުރިއަށްގެންދެ އެވެ.

މިހާރު ޔުނިވާސިޓީގެ ޝަރީއާ އެންޑް ލޯ ފެކަލްޓީ ހުންނަނީ ކުރީގެ އެމްއީއެސް ހުރި އިމާރާތުގައެވެ.

ޝަރީއާ އެންޑް ލޯ އުފެދުނުތާ 18 އަހަރުވެފައިވާ އިރު އެ ފެކަލްޓީ އުވާލުމަށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީީން އާއި އެކު ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އަލީ ފަވާޒް ޝަރީފް ވަނީ މި މަހުގެ ކުރީ ކޮޅުގައި ބައްދަލުކުރައްވާ އެވާހަކަ ހިއްސާ ވެސް ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް