ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 18:48
މަޝްހޫރު ލަވަކިޔުން ތެރިޔާ އަސްރާ ރާއްޖެޓީވީގެ ނައިޓްގެ ޓިކެޓެއް ގަނެގެން
މަޝްހޫރު ލަވަކިޔުން ތެރިޔާ އަސްރާ ރާއްޖެޓީވީގެ ނައިޓްގެ ޓިކެޓެއް ގަނެގެން
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ނައިޓް
ރާއްޖެޓީވީ ނައިޓްގެ ޓިކެޓް ވިއްކަން ފަށައިފި
"ރާއްޖެޓީވީ ނައިޓް" ގައި މިފަހަރު ވެސް މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވާނެ
ޓިކެޓް ލިބެން ހުންނާނީ ރާއްޖެޓީވީން
ރާއްޖެޓީވީ ނައިޓްގައި ލަންކާގެ ޖާދޫ ގަރެއް މިފަހަރު ބައިވެރިވާނެ

"ރާއްޖެޓީވީ ނައިޓް 2017"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

"ރާއްޖެޓީވީ ނައިޓް" ގައި އޮންނަ މިއުޒިކް ޝޯގައި މިފަހަރު ވެސް މަޝްހޫރު ބައެއް ފަންނާނުން ބައިވެރިވާނެ އެވެ.  އެ ޝޯގެ ފުރަތަމަ ޓިކެޓް ގަނެފައި ވަނީ މަޝްހޫރު ލަވަކިޔުން ތެރިޔާ ހައްވާ އަސްރާއެވެ.

ރާއްޖެޓީވީ ނައިޓްގެ ޓިކެޓްތައް ތިން ކެޓަގެރީއަކަށް ބެހިފައިވެއެވެ.

ރާއްޖެޓީވީގެ ހެޑް އޮފް ފައިނޭޝް އައިމިނަތު ރީޝާ ވިދާޅުވީ ޕްލެޓިނަމް ޓިކެޓެއް 25،000 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ، ގޯލްޑް ޓިކެޓެއް ވިއްކަނީ 5000 ރުފިޔާ އަށެވެ.  ސިލްވާ ޓިކެޓެއް 1000 ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވާ އިރު  ބުރޯންޒް ޓިކެޓެއް 700 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް ރީޝާ ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ނައިޓްގެ ޓިކެޓް ބުދަ ދުވަހުން ފެށިގެން ރާއްޖެޓީވީގެ ކައުންޓަރުން ލިބެން ހުންނާނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޓިކެޓް ވިއްކުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ރާއްޖެޓީވީގެ އެގްޒެގެޓިވް ޑިރެކްޓަރ ނާޒްމީ ސައީދު ވިދާޅުވީ "ރާއްޖެޓީވީ ނައިޓް" ގައި މި ފަހަރު އިންޑިއާގެ މަޝްހޫރު ފަންނާނެއްގެ އިތުރުން ލަންކާގެ ޖާދޫ ގަރެއް ވެސް ބައިވެރިވާނެ ކަމަށެވެ.

- ކޮމެންޓް
29 ނޮވެންބަރ 2017 | ބުދަ 18:57
sana
Wow! ???????????????
29 ނޮވެންބަރ 2017 | ބުދަ 18:57
sana
Wow! ???????????????