ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 14:18
ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު
ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު
ކަސްޓަމްސް
ހަނިމާދޫ ކަސްޓަމްސް އިމާރާތް
ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި
މި އިމާރާތް ޤާއިމްކުރުމަށް 7.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ޚަރަދު ކޮށްފައި
ހަނިމާދޫ ކަސްޓަމްސް އިމާރާތުގެ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގައި
މި އިމާރާތް ހުޅުއްވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދު

ހދ. ހަނިމާދޫ ކަސްޓަމްސް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

 މި އިމާރާތް ހުޅުއްވައި ދެއްވީ ހަނިމާދޫ ކަސްޓަމްސް އިމާރާތް ކުރިމަތީގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުން، އަދި ހަނިމާދޫގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިންނާއި ކަސްޓަމްސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުހައްމަދު ވަނީ ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްވާ އަހައްމިޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިސަރަހައްދުގައި ޤާއިމްކުރެވޭ އިގްތިޞާދީ ސިނާޔަތްތަކަށް ޚިދުމަތް ފޯރިކޮށްދިނުމަށް ކަސްޓަމްސް އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.  އަދި އަލަށް މިޤާއިމްކުރެވުނު އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ކަމަށާއި، އިމާރާތާއި އިންވެގެން ލިބިފައިވާ ބިމުގައި މުސްތަޤްބަލްގައި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށާއި، މިކަމުގެ ސަބަބުން މި ސަހަރައްދުގައި ޤާއިމްކުރެވިފައިވާ ރިސޯރޓްތަކަށް މި ވެއަރހައުސްތަކުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ހަނިމާދޫ ކަސްޓަމްސް އިމާރާތުގެ މަސައްކަތް 2014 ގައި ފެށިފައިވާއިރު، މި އިމާރާތް ޤާއިމްކުރުމަށް 7.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް