ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 12:28
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އަބްދުﷲ މަސީހު މުހައްމަދު އަދި އާމީން އާންމު އަހުމަދު މުހައްމަދު
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އަބްދުﷲ މަސީހު މުހައްމަދު އަދި އާމީން އާންމު އަހުމަދު މުހައްމަދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުއްލި ގޮތަކަށް މިއަދު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަނީ!
ބާއްވަން އުޅެނީ ހާއްސަ ޖަލްސާ އެއް
މިހާތަނަށް އެޖެންޑާ ވެސް ހާމައެއް ނުކުރޭ
ޖަލްސާ ފެށުމަށް ނިންމާފައި ވަނީ 14:00ގައި ކަމަށް މައުލޫމާތު ލިބޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތަކަށް ބުދަ ދުވަހު ބޭއްވުުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ބުދަ ދުވަހު ކުއްލި ގޮތަކަށް ބާއްވަން އުޅޭ ޖަލްސާ 14:00 ގައި ފެށުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާ ހާމަކޮށްފައި ނުވިނަމަވެސް އެޖެންޑާވެސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.

ބެލެވޭގޮތުގައި ބުދަ ދުވަހު މިބާއްވަން އުޅޭ ޖަލްސާއަކީ ހާއްސަ ޖަލްސާ އެކެވެ. 

މިޖަލްސާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާއިރު، ޖަލްސާގެ އެޖެންޑާވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތަށް މިމަހުގެ 22 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. އެދުވަހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ މަޖިލީހުގެ ބެދައިކުޅަ އެއްބަޔަށްވުރެ މަދު ވޯޓުން ފާސްވި ކަމަށް ނިންމާފަ އެވެ. 

ބަޖެޓް ފާސްވި ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ގަބޫލު ނުކުރައްވާ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު ވަނީ 39 މެމްބަރުންގެ އިއްތިފާގުން ބަޖެޓް ފާސްވެއްޖެ ކަމަށް އިއުލާން ކުރައްވާފަ އެވެ. މަޖިލީހުގެ މެޖޯރިޓީއަކީ 43 މެމްބަރުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް