ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 12:12
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕާސްޕޯޓް ކާޑު ތައާރަފްކުރައްވަނީ
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕާސްޕޯޓް ކާޑު ތައާރަފްކުރައްވަނީ
ރައީސް އޮފީސް
ޕާސްޕޯޓް ކާޑު
އައިޑީކާޑެއް ގޮތަށް ޕާސްޕޯޓްކާޑް ބަލައިގަންނަން ރައީސް އަންގަވައިފި
ކާޑު ހެއްދެނީ އަލަށް ޕާސްޕޯޓް ހައްދަވާ ފަރާތްތަކަށް
މި ކާޑަކީ ގިނަ ހިދުމަތްތަކެއް ހޯދޭ ކާޑެއް

މޯލްޑިވްސް އިމިގްރޭޝަނުން މުޅިން އަލަށް ދޫކުރަން ފެށި ޕާސްޕޯޓް ކާޑަކީ ކާކުކަން އަންގައިދޭ ކާޑެއް ފަދައިން ރަސްމީ ލިޔުމެއް ގޮތުގައި ބަލައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސަވައިފި އެވެ.  

ރައީސް އޮފީހުން ބުނީ ސަރުކާރުގެ މުއައްސަސާތަކާއި، ހޮސްޕިޓަލްތަކާއި، ބޭންކުތައް ފަދަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިން ޕާސްޕޯޓް ކާޑަކީވެސް ކާކުކަން އަންގައިދޭ ލިޔުމެއް ގޮތުގައި ބަލައިގަތުމަށް ދަންނަވަން ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާއިން ފަރުމާކުރި ކާޑަކީ ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑު ހެލްތް އިންޝިއުރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ އެހީތެރިކަމާއެކު އުފެއްދި ކާޑެއް ކަމަށެވެ.

ޕާސްޕޯޓް ކާޑަކީ ދިވެހިންގެ ޒަމާނީ، ދިރިއުޅުމާއި އެއްގޮތަށް ބައްޓަން ކުރެވިފައިވާ ސަލާމަތީ ގޮތުން ވަރަށް ރައްކާތެރި އަދި ގިނަ ބޭނުންތަކެއް ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކާޑެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މަލްޓިލޭޔާސްގައި ޕިޒިކަލް އަދި އިލެކްޓްރޯނިކް ގިނަ ސަލާމަތީ ސިފަތައް ހިމަނައިގެން އިންޓަރނޭޝަލް ޑޮކިއުމެންޓް ސެކިއުރިޓީ ސްޓޭންޑާޑު މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބެން ހުރި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް މިކާޑުގައި ހިމެނިފައިވާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި ކާޑުގެ އިލެކްްރޯނިކް ޗިޕަކީ ޑުވެލް އިންޓަރފޭސްކޮށް ބޭނުން ކުރެވޭ، އަދި ކާޑުގެ މައުލޫމާތުތައް ރައްކާތެރިކަމާއި އެކު ކޮންޕާޓުމެންޓަލައިޒުކޮށް ރައްކާ ކުރެވޭނެ ޗިޕެކެވެ. މި ޗިޕްގައި ވެރި ފަރާތުގެ ޕާސްޕޯޓް އަދި އައިޑެންޓިޓީ ކާޑުގެ މައުލޫމާތާއި ބޭންކް އޮފް މޯލްޑިވްސް ކާޑު މައުލޫމާތު ހުންނާނެ އެވެ. މީގެ އިތުރުން އެލައިޑް އިންޝިއުރެންސްގެ އިންޝިއުރެންސް މައުލޫމާތާއި ޑްރައިވިންގ ލައިސެންސް މައުލޫމާތު ހިމެނޭނެ އެވެ.

ޕާސްޕޯޓު ކާޑު ހެއްދުމަށް ފީއެއްގެ ގޮތުގައި 450 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، އިމިގްރޭޝަނުން ބުނީ މި ކާޑު ހަދައިދިނުމަށް ހަމަޖެހިފައިވަނީ 2016 ޖެނުއަރީގެ ފަހުން އީ-ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށާއި އަލަށް އީ ޕާސްޕޯޓު ހަދާފަރާތްތަކަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 ނޮވެންބަރ 2017 | ބުދަ 21:12
ޢަލީ
ކަލޯ ތީ ވޯޓަށް ވާއިރަށް ދޭތި ބޭނުން ކޮށްގެން ވޯޓް ލެވޭގޮތްހަދާލީ އޮޅުވާލަން މިހާރު ވަރަށް ފަސޭހަވާނެ އެކަކަށް މިހާރު ދެފަހަރު ވޯޓްލާން ފަސޭހަވާނެ