ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ހެލްތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މަގާމުގައި ހުންނެވި އަބްދުލްހަމީދު އަބްދުލްސަމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބުދަ ދުވަހު "ރާއްޖެއެމްވީ" އިން ހަމީދުއަށް ގުޅާލުމުން އިސްތިއުފާ ދެއްވިކަން ދޮގެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ މިވަގުތު އެ މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށާއި ފަހުން މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ނަމަވެސް "ރާއްޖެއެމްވީ" އަށް ވަނީ ހަމީދު ހެލްތް މިނިސްޓްރީގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ވެފައެވެ.
ހެލްތް މިނިސްޓްރީގެ މަގާމުން ހަމީދު އިސްތިއުފާ ދެއްވާފައިވަނީ އަންގާރަ ދުވަހު ކަމަށް ވެއެވެ. އިސްތިއުފާ ދެއްވުމަށްފަހު ބުދަ ދުވަހު ހަމީދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ. އެކަން ޖުމްހޫރީ ޕާޓީން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
Health Ministry ge Senior Policy executive akah hunevumah fahu Abdul Hameed Abdul Samad miadhu JP Aai gulhivadaigenfi @Mihaarunews @sunbrk @Miadhu_News @raajjemv @hafthaMV @sungutv pic.twitter.com/zidm7RHL6T
— Spokesperson (JP) (@alisolih) November 29, 2017