ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 23:08
ސިފައިން: މާދަމާ ފަށާ ތަމްރީން ތަކުގައި ހަތިޔާރު ބޭނުން ކުރާނެ
ސިފައިން: މާދަމާ ފަށާ ތަމްރީން ތަކުގައި ހަތިޔާރު ބޭނުން ކުރާނެ
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް
"ރަންނަމާރި ހަންޓް" އަތޮޅުތަކުގައި ވެސް ބާއްވަނީ
ހަތަރު ދުވަހަށް ތަމްރީންތައް ދިގުދެމިގެން ދާނެ

ހަތިޔާރާއެކު ސިފައިން ހޯމަ ދުވަހު ފަށާ ތަމްރީންތައް މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެމްއެންޑީއެފުން ހޯމަ ދުވަހު ފަށާ އަސްކަރީ ތަމްރީން "ރަންނަމާރި ހަންޓް" ގެ ފަރިތަކުރުންތައް މާލޭގެ އިތުރުން އަތޮޅުތަކުގައި ޤާއިމް ކޮށްފައިވާ އެމްއެންޑީއެފްގެ އޭރިޔާ ތަކުގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ނޮދަން އޭރިޔާއިން އެ ތަމްރީންތައް ކުރިއަށް ގެންދާނީ ޅ މާފިލާފުއްޓާއި ޅ ފެލިވަރުގަ އެވެ. ސެންޓްރަލް އޭރިޔާއިން ލ ގަމާއި ލ ކައްދޫ އަދި ލ ފޮނަދޫގެ އިތުރުން ތ ތިމަރަފުށީގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސަދަން އޭރިޔާގައި ތަމްރީންތައް އޮންނާނީ އައްޑޫ ސިޓީގެ ގަމާއި ހިތަދޫގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އެކްސަސައިޒް ރަންނަމާރި، ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން 24 އަށް، މާލޭ ސަރަހައްދުގައެވެ. މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ވެސް މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް