ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 00:48
ސައުދު ހުސައިން
ސައުދު ހުސައިން
ރިޒްނާ ޒަރީރު
ސައުދު ހުސައިން
ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ތެރެއިން ބަޣާވާތެއް ގެނެސްފައި: ސައުދު
ހުކުރު ދުވަހުގައި ކިޔާފައިވާ ޚުތުބާއަކީ ސިޔާސީ ޚުތުބާއެއް ކަމަށް ވިދާޅުވި
ޕީޕީއެމް މިހާރު އެހިނގަނީ ޕީޕީއެމް އުފެއްދި މަޤްސަދާ ޚިލާފަށް
ރައީސް ޔާމީނަކީ ޕާޓީގެ އާންމު މެމްބަރެއް

ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ ތެރެއިން ބަޣާވާތެއް ގެނެސްފައި ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރ.މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ މިއަދުގެ ޕީޕީއެމަށް ވަނީ ރައީސް ޔާމީން ބަޣާވާތެއް ގެނެސްފައި ކަމަށާއި ޕީޕީއެމް މިހާރު އެހިނގަނީ ޕީޕީއެމް އުފެއްދި މަޤްސަދާ ޚިލާފަށް ކަމަށެވެ.

ރައީސް ޔާމީންގެ ހައިސިއްޔަތެއް ވެސް ޕީޕީއެމްގައި ނެތް ކަމަށް ސައުދު ވިދާޅުވިއެވެ.

"ރައީސް ޔާމީން ވޯޓަކުން ހޮވިގެނެއް ނޫން ޕީޕީއެމްގަ އެހުރީ. އެއީ އެއްވެސް ހައިސިއްޔަތެއް ނެތް. އެއީ ޢާއްމު މެންބަރެއް،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މި ހުކުރު ދުވަހުގައި ކިޔާފައިވާ ޚުތުބާއަކީ ސިޔާސީ ޚުތުބާއެއް ކަމަށެވެ.  މިއަދުގެ ޚުތުބާއިން ރައީސް ޔާމީން 2018 ގެ އިންތިޚާބަށް ޖެހިލުންވާ މިންވަރު ހާމަވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ސިޔާސީ ޚުތުބާ ނުހެއްދެވުމަށް އިސްލާމިކް މިނިސްޓަރަށް ސައުދު ގޮވާލެއްވި އެވެ.

ޕީޕީއެމް މެންބަރުން 2018 ގައި ރައީސް ޔާމީން އަޒުލު ކުރައްވާނެކަމަށާއި ނުހައްގުން ޖަލަށް ލީކަމުގައި ވީނަމަވެސް  އެބޭފުޅުންގެ ރޫހު ނުކުމެ ޔާމީން ބަލި ކުރާނެކަމަށް ސައުދު ވިދާޅުވި އެވެ. 

"ހާކިމާގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ވަނީމާ ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ނޯންނާނެތޯ،" ސައުދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ނޮވެންބަރ 2017 | ހޮނިހިރު 10:59
އަބުދުބެ
ހަބޭސް