ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 15:26
ނިއުމާ މުޙައްމަދު
ނިއުމާ މުޙައްމަދު
މުހައްމަދު ޝަރުހާން
ނިއުމާ މުޙައްމަދު
ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް
މި ލަވަ އަލްބަމުގައި ހިމެނެނީ 7 ލަވަ

ފިލްމީ ތަރި ނިއުމާ މުޙައްމަދުގެ ފިލްމީ ހަޔާތަށް މިއަދު 23 އަހަރު ވެއްޖެއެވެ.

އޭނާ ވަނީ 23 އަހަރު ފުރުމާއި ގުޅިގެން "ސެލެބްރޭޓިން 20" ގެ ނަމުގައި ލަވަ އަލްބަމެއް ބެލުންތެރިންނަށް ހަދިޔާއަކަށް އަރުވާފައެވެ. ނިއުމާގެ "ސެލެބްރޭޓިން 20" ލަވަ އަލްބަމް މިހާރު ޔޫޓިއުބުން ބެލުންތެރިންނަށް ލިބޭނެއެވެ.

"ސެލެބްރޭޓިން 20" ނެރެފައިވަނީ ނިއުމާގެ 40 ވަނަ އުފަންދުވަހުއެވެ. މި އަލްބަމުގައި ހިމެނެނީ ނިއުމާ އެކްޓް ކޮށްފައިވާ 7 ލަވައެވެ. އަދި ނިއުމާގެ އަޑުން ކިޔާފައިވާ "މޫނޭތީ ހިތްއެދޭ" ލަވަ ވަނީ އަލްބަމުގައި ހިމަނާފައިވެއެވެ.

1995 ވަނަ އަހަރު ދިވެހި ފިލްމީ ދާއިރާއިން ފެނިގެންދިޔަ ނިއުމާ ވަނީ 1000 އަށް ވުރެ ގިނަ ލަވައިގައި ހަރަކާތްތެރިވެފައެވެ. އަދި އޭގެ އިތުރުން އެތަކެއް ޑްރާމާ ސީރީޒް އަކާއި އެތަކެއް ފިލްމެއްގައި ވަނީ ހަރަކާތްތެރި ވެފައެވެ. ނިއުމާ ކުޅެފައިވާ ފިލްމު ތަކުގެތެރޭގައި

1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ފަތިސް ހަނދުވަރު"، 1999 ވަނަ އަހަރު ނިކުތް ފަރިވާ ފިލްމްސްގެ "ބަދަލު"، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތު ގެ "ހިތް އެދެނީ"، 2003 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ގިނި ހިލަ"، 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ "ކަލާޔާ ނުލާ"، 2005 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަޙުމަދު ނިމާލް ގެ "ދަރިންނަށްޓަކައި"، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަހުމަދު ނިމާލް ގެ "ހިޔަނި"، އަދި 2008 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަޙުލާގެ "ޔޫސުފް" ފަދަ ފިލްމްތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް