ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 13:21
 ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސްގެ އެވޯޑާއި އެކު އެކުންފުނީގެ ފަރާތުން ނޫރާ ޒާހިރު އެވޯޑާއި އެކު
ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސްގެ އެވޯޑާއި އެކު އެކުންފުނީގެ ފަރާތުން ނޫރާ ޒާހިރު އެވޯޑާއި އެކު
ރިޒްނާ ޒަރީރު
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސްއަށް ބައިނަލްއަޤްވާމީ ދެ އެވޯޑެއް ލިބިއްޖެ
މި އެވޯޑް ލިބުނީ އެމްފައިސާގެ ޙިދުމަތާއި އަހަރުގެ އެންމެ އީޖާދީ ކުންފުންޏަށް ހޮވިގެން

ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑުގެ 2 ބްރޯންޒް އެވޯޑް، އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.

 

އެކުންފުންޏަށް އެވޯޑް ލިބުނީ އަހަރުގެ އެންމެ އީޖާދީ ކުންފުނި (2500 މުވައްޒަފުންނާއި ހަމައަށް) އަދި އަހަރުގެ އެންމެ މޮޅު އާ ޚިދުމަތް (ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއަރ) ގެ ގިންތިން އެމް-ފައިސާއަށެވެ.

 

މިކަމާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބަލައިގަތުމަކީ ލިބޭ ފަޚުރެއް ކަމަށާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އައު ފުރުޞަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

 

އަދި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވުނު މޯބައިލް ފައިނޭންޝަލް ޚިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ޚިދުމަތެއްކަން ފާހަގަކުރަމުން ނަޖީބް ވިދާޅުވީ މި ޚިދުމަތް ކުރިއަރަމުންދާ ދުވެއްޔާއި މެދު އުފާކުރާ ކަމަށާއި އަދި މިޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

 

"އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. ދިވެހިރާއްޖެއަށް އާ ޚިދުމަތެއް ތަޢާރަފްކުރި ކަމުގައިވިޔަސް، ނުވަތަ އަޅުގަނޑުމެންގެ 4G+ ނެޓްވޯކް އެންމެ 17 ދުވަސްތެރޭ ފުރިހަމަކުރުން ކަމުގައިވިޔަސް، އިޖުތިމާޢީ ކުރިއެރުމަށް ލިބޭ ކޮންމެ ފުރުޞަތަކާއިއެކު އަޅުގަނޑުމެންގެ މުވައްޒަފުން އިތުރު ހިތްވަރަކާއި އެކު މަސައްކަތްކުރުމުގައި ތިބެނީ ތައްޔާރަށް." އޭނާ އިތުރަށް ވިދާޅުވިއެވެ.

 

ސްޓީވީ އެވޯޑްގެ ޙައްގުވެރިން ހޮވުމަށް 21 ފަނޑިޔާރުންނާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން 200 އެގްޒެކެޓިވުން ބައިވެރިވިއިރު 60 އަށްވުރެ ގިނަ ގައުމުތަކުގެ ތަފާތު އިންޑަސްޓްރީތަކުން 3009 އަށްވުރެ ގިނަ ކުންފުނި ނޮމިނޭޓްކޮށްފައިވެއެވެ.

 

14ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް ދިނުމުގެ ޙަފްލާ ބާއްވާފައިވަނީ 21 އޮކްޓޫބަރު 2017ވީ ހޮނިހިރު ދުވަހުގެރޭ ސްޕެއިންގެ ބާސެލޯނާގައެވެ.

 

ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމަޢެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސް ވަނީ ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަލުވި ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ ޚިދުމަތް ފުޅާކޮށް މުޅިރާއްޖެއަށް 4G+ ނެޓްވާކް ވަނީ ފުޅާކޮށްފައެވެ.

 

އަދި މުޅި ދުނިޔެއަށް މަޤުބޫލު ޚިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާރޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތަޢާރަފްކުރެވުނު ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް
14 ނޮވެންބަރ 2017 | އަންގާރަ 12:53
ކުދިފިޔާ
ކުދިފިޔާ އެވޯޑްތަ؟