ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 19:41
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މެންބަރުންގެ މުސާރަ
ކެމްޕެއިންގައި މެންބަރުންގެ މުސާރަ ބޮޑުކަމަށް ވިދާޅުވި ޝުޖާއު މިހާރު ވިދާޅުވަނީ 80،000 ރުފިޔާގެ މުސާރަ ކުޑަ ކަމަށް
ލިވިންގ އެލަވަންސް އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ވެސް ސެކަންޑް ހޯމް އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ އެލަވަންސް
މެންބަރުންގެ އަސާސީ މުސާރައަކީ 42500، ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސާއެކު 82500 ރުފިޔާ ލިބޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކަމަށާއި، ކުޑަކުރަންޖެހޭ ކަމަށް ކެމްޕޭނުގައި އަޑަށް ބާރުލާ އެންމެ ގިނައިން އެ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު މެންބަރުންނަށް ލިބޭ 80،000 ރުފިޔާގެ މުސާރަ އަކީ ކުޑަ މުސާރައެއް ކަމަށް ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާދިއުމާ މެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ޓަކައި ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުން މެންބަރު ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އައުމަށް ޓަކައި މަސައްކަތްކުރާ ގިނަ މީހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާ ގުޅޭގޮތުން ޝަކުވާކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަމަށް ވިދާޅުވެ މެންބަރު ސުޖާއު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ލިބެނީ 42500 ރުފިޔާ ކަމަށާއި، ސިޓީ ކައުންސިލަރަކަށް ލިބޭ 30000 ރުފިޔާ ކަމަށެވެ. މީގެ އިތުރުން މުސާރައިގެ އިތުރުން އެލަވަންސެއްގެ ގޮތުގައި ލިބެނީ 20000 ރުފިޔާ ކަމަށާއި، އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ވެސް ސެކަންޑް ހޯމް އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ އެލަވަންސް ކަމަށް ސުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މެންބަރުންނަށް ލިބިވަޑައިގަންނަވާ 42،500 ރުފިޔާއާއި 20،000 ރުފިޔާގެ ލިވިންގ އެލަވަންސް އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު މެންބަރަކަށް ލިބިވަޑައިގަންނަވާ 82،500 ރުފިޔާ ކުޑަ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ އިއްޒަތްތެރި ރައީސް. މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ. އެހެން މި ދަންނަވަންޖެހޭ ސިޓީ ކައުންސިލުގެ މެންބަރުކަން ކޮށްފައި އަޅުގަނޑު މި އައީ. 30000 ރުފިޔާ މުސާރައަކީ އިއްޒަތްތެރި ރައީސް. ވަކި ކޮން ކަމެއްތޯ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އައީމަ އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާތަކަކީ ކޮބައިކަން. ރައްޔިތުންނާ ގާތުން ޚިދުމަތްކުރާ މެންބަރުންގެ އަތަކު ނޯންނާނެ ލޯލާރި ވެސް އިއްޒަތްތެރި ރައީސް. އެހެންވީމާ. މި ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސިޔާސީ ވާހަކަ އެއްގެ ގޮތުގައި ދެއްކިދާނެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

ޝުޖާއު ވިދާޅުވީ ނޫސްވެރިން ވެސް މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ދައްކަނީ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ވާހަކަ ކަމަށާއި، މަޖިލީހަށް ހޮވިވަޑައިގަތީމައި އެވާހަކަ ނުދައްކާ ކަމަށާއި، އެއީ ހޭދަ ބޮޑުވީމަ ކަމަށެވެ.

އެލަވަންސްތައް އަޅުގަނޑު މި ދަންނަވަނީ މުސާރަ ކުޑައޭ އިއްޒަތްތެރި ރައީސް.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

މެންބަރު ޝުޖާއު ވިދާޅުވީ މުސާރައާއި އިނާޔަތްތަކަށް ހަމަޖެހޭ އުސޫލުން، ރައްޔިތުން ބަލައިގަންނަ ގޮތަށް ގެނެވެން ޖެހޭ ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރެއިން ބޭއްވި ބަހުސްގައި ޝުޖާއު އޭރު ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަށް ވެސް ވަކާލާތު ކުރާނީ އޭނާ ކަމަށާއި އެސަބަބަށްޓަކައި އޭނާ އިހުތިޔާރުކުރަންޖެހޭ ކަމަށެވެ.

މަޖިލީހުގެ މެންބަރުން އެއް ދައުރުކުރީމަ އެބޭފުޅުންނަށް ލިބޭ މާލީ އިނާޔަތްތަކަީ ކެނޑެން ޖެހޭނެކަމަށް ވަކާލާތުކުރާނީ އަޅުގަނޑު. އަދި ދާއިރާގެ މަޖިލިސް މެންބަރުކަން ދޫކޮށްލާފައި ދެން އެމީހަށް ލިބޭ އިންޝިއުރެންސަކީ އޮވެގެންވާނެ އިންޝިއުރަންސެއްކަމަށް ގަބޫލުނުކުރާ ކެންޑިޑޭޓަކީ އަޅުގަނޑު. އާންމުންނާ އެއްވަރަށް އިންޝިއުރަންސް ނުވަތަ އާސަންދަ ލިބޭނެކަމަށް ވަކާލާތުކުރާނެ މެންބަރަކީ އަޅުގަނޑު. މަޖީލިހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ވަކަލާތުކުރާނީވެސް ބާރަށުދާއިރާގެ މައިކުން
ކެމްޕޭންގައި ޝުޖާއު ދެއްކެވި ވާހަކަ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާއާއި 20،000 ރުފިޔާގެ ލިވިންގ އެލަވަންސް އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު މެންބަރަކަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް