ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 10:56
"ޕާދްމަވަތީ" ގެ ލީޑު ރޯލުން ފެންނަ 3 ތަރިން
"ޕާދްމަވަތީ" ގެ ލީޑު ރޯލުން ފެންނަ 3 ތަރިން
ގެޓީ އިމޭޖަސް
ޕާދްމަވަތީ
"ޕަދްމާވަތީ" ޓްރެއިލާ: މިއަހަރު ނެރޭ އެންމެ މޮޅު ފިލްމަށް ވާނެ
ސިނަމާތަކަށް މި ފިލްމު އަންނާނީ ޑިސެމްބަރު 1ގައި

ސަންޖޭ ލީލާ ބަންސާލީގެ "ޕާދްމަވަތީ" އަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމެވެ.

މި ފިލްމު މިއަހަރުގެ ޑިސެމްބަރު މަހުގެ އެކެއްގައި ސިނަމާތަކަށް އަންނައިރު ޓްރެއިލާ މިވަނީ އަންގާރަ ދުވަހު އާއްމު ކޮށްފައެވެ.

ޓްރެއިލާގައި ސަންޖޭ ލީލާ ބަންސާލީ، އިންޑިއާގެ ކުރީގެ ސަގާފަތް ވަރަށް ބޮޑަށް ގެނުވާފައިވެއެވެ.

މި ޓްރެއިލާގައި ޝާހިދު ކަޕޫރާއި ދިޕިކާ ޕަދުކޯންގެ ލޯބީގެ ވާހަކަ ދައްކުވައިދީފައިވެއެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ޝާހިދު ކަޕޫރު، ދިޕިކާ ޕަދުކޯން އަދި ރަންވީރު ސިންހްގެ އެކްޓިންގ ޓްރެއިލާއިން އެކަނިވެސް ހާމަ ވެގެން ގޮސްފައިވާކަމަށާއި އެހެން ކަމުން މި ފިލްމު ބެލުމަށް ކެތް މަދު ވެފައިވާކަމަށް މިހާރު ދަނީ ބުނަމުންނެވެ.

މިއީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް އެހެން ސަހަރެއްގެ ރާނީއަކު ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މިފިލްމުގައި އެ ޝަހަރުގެ ރާނީ އަކީ ޕާދްމަވަތީއެވެ. އެ ރޯލުން ފެނިގެންދަނީ ދިޕިކާ ޕަދުކޯންއެވެ. އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެންދަނީ ރަންވީރު ސިންހް އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް