ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 10:50
ގެސްޓް ހައުސް ކޮންފަރެންސް
ގެސްޓް ހައުސް ކޮންފަރެންސް
ފާތިމަތު ޝަނާ މުހައްމަދު
ގެސްޓްހައުސް އެވޯޑްސް އެޑިޝަން
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
މި އެވޯޑް ދިނުމުގެ ހަފްލާ އޮންނާނީ މާފުށީގައި
ޖުމްލަ 15 ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވޭ

ދިރާގު މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި ބާއްވަން ނިންމައިފި އެވެ.

މަޓާޓޯއިން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފުށީގައެވެ. 90 އަށްވުރެ ގިނަ ނޮމިނޭޝާއި އެކު، 12 ކެޓަގަރީއަކުން މި ފަރާތްތައް ވާދަކުރާނެއެވެ. މި އެޑިޝަންއަކީ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ކުރިން މަޓާޓޯއިން ބާއްވާ ހާއްސަ އިވެންޓެއް ކަމަށާއި، މިއީ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާގައި ގެސްޓްހައުސްތަކުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށް މަޓާޓޯ އިން ބުނެ އެވެ.

މި ހަފްލާގައި ޖުމްލަ 15 ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި 3 އެވޯޑެއް ދިނުމަށް ހަމަޖެހިފައިވަނީ މަޓާޓޯއިން ހޮވާ ތިން ކެޓަގަރީއަކުންނެވެ. 

އަދި 12 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ނިންމާފައިވަނީ 40 އިންސައްތަ ޓްރިޕް އެޑްވައިޒަރ އަދި 60 އިންސައްތަ އޮންލައިންއާއި އެސްއެމްއެސްގެ ޒަރިއްޔާއިން ލިބޭ ވޯޓުންނެވެ. މިހާތަނަށް ވިހި ހާހަށް ވުރެ ގިނަ ފަރާތްތަކުން އެކި ކެޓަގަރީތަކަށް ވޯޓް ލާފައިވާއިރު ވޯޓްލުމުގެ ފަހު ތާރީހަކީ 27 އޮކްޓޯބަރ 2017 އެވެ.

2016 ވަނަ އަހަރު ބޭއްވި ޓްރެވެލް އެވޯޑް ގާލާ ނައިޓްގައި 5 ކެޓަގަރީއަކުން ގެސްޓްހައުސް ތަކުން ވަނީ އެވޯޑް ހާސިލްކޮށްފައެވެ.

ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ އެޑިޝަން އޮންނާނީ ނޮވެމްބަރ 23 ވަނަ ދުވަހުގައެވެ. އަދި ގާލާ އެޑިޝަންއަށް ވޯޓު ލުމަށް ފުރުޞަތު ހުޅުވާލާނީ އޮކްޓޯބަރ 20 ވަނަ ދުވަހުން ފެށިގެން 15 ނޮވެމްބަރ 2017ގެ ނިޔަލަށެވެ.

- ކޮމެންޓް