ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އިތުރު އިތުރު މަތިންދާ ބޯޓްތަކެއް ގެންނަން ނިންމައިފި އެވެ.
އެގޮތުން ޑޭޝް 8 މަރުކާގެ 3 މަތިންދާ ބޯޓް ގެންނަން ނިންމާފައިވާ ކަމަށާއި، އަންނަ ނޮވެމްބަރ މަހުގެ ފަހުކޮޅު މަތިންދާ ބޯޓް ގެނެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވިއެވެ. މި މަތިންދާ ބޯޓްތަކާއި އެކު އެތެރޭގެ އުދުހުންތަކުންގައި ކުރިއެރުންތަކެއް ލިބިގެންދާނެ އެކުންފުނިން ހާމަކުރެ އެވެ.
ހާރިސް ވިދާޅުވީ އެކުންފުނިން ދެމުންގެންދާ ސީޕްލޭންގެ ހިދުމަތަކީ ކަސްޓަމަރުން ބަލައިގެންފައިވާ ހިދުމަތެއް ކަމަށާއި އެކުންފުނިން ދެމުންގެންދަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ކަމަށެވެ. އެހެންކަމުން ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި އިތުރު ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް އިތުރު ފަސް ބޯޓު ގެންނަން ނިންމާފައިވާ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ.
މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި DH-6 ޓުވިން އޮޓާގެ އައު ސީޕްލޭންއެއް އަންނަ މަހުގެ ތެރޭގައި އެކުންފުނިން އޮޕަރޭޝަނަށް ގެންނާނެ އެވެ. އަދި އިތުރު އެއަރކްރާފްޓްތައް 2018 ވަނަ އަހަރުގެ ކުރީ ކޮޅުވެސް ގެންނަން ހަމަޖެހިފައިވެއެވެ.
މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތްދޭން ފެށީ 2014 ވަނަ އަހަރުއެވެ. މިވަގުތުވެސް އެކުންފުނީގައި ސީޕްލޭންގެ ޙިދުމަތް ދިނުމަށް 9 ޓުވިން އޮޓާސް ސީޕްލޭން އެބައޮތް ކަމަށާއި އަދި ހަ ރިސޯޓަކަށް އާންމުކޮށް ސީޕްލޭންގެ ދަތުރުތައް ބާއްވަމުން އަންނަ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ދުނިޔޭގެ މިވަގުތު އޮތް އެންމެ ބޮޑު ސީޕްލޭންގެ ޙިދުމަތްދޭ ކުންފުންޏަކީ ޓީއެމްއޭއެވެ. އެކުންފުނިން 49 ސީޕްލޭންއެއް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޮޕްރޭޓްކުރަމުންދެ އެވެ.