ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 10:56
ޒުބީސް ގަރްގް
ޒުބީސް ގަރްގް
ގެޓީ އިމޭޖަސް
ޒުބީން ގަރްގު
ލަވަކިޔުންތެރިޔާ ޒުބީން ޖަލަށް ލުމަށް ހުކުމް ކޮށްފި
ޒުބީން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 3 މަސްދުވަހަށް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒުބީން ގަރްގު ތިން މަސްދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ޒުބީން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އިންޑިއާގެޗީފް ޖުޑީޗަލް މެޖިސްޓްރޭޓް ކޯޓަކުންނެވެ. ޒުބީން ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރު އާންމުން އެއްވެފައިވާ ތަނެއްގައި ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ޖެހިކަން ސާބިތުވުމާއި ގުޅިގެންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޒަބީން ޖަހާފައި ވަނީ އިންޑިއާގެ ވަރަށް ސީނިއާ ލޯޔަރެއްގެ ދަރިއެއްގެ ގައިގައެވެ.

ޒުބީން ޖަލަށް ލުމަށް ހުކުމް ކުރުމާއެކު އޭނާގެ ގާނޫނީ ވަކީލު ޖަންމާނީ ނިއޯން ބުނެފައި ވަނީ ޒުބީން ޖަލަށް ލުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

ޒުބީން އަކީ މިއުޒިކް ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް ވެސް މެއެވެ. އޭނާ ފިލްމީ ދުނިޔެއާއި ގުޅިފައިވަނީ 1992 ވަނަ އަހަރުއެވެ. ޒުބީން ވަނީ 25 އަށް ވުރެ ގިނަ ފިލްމުތަކުގައި މިއުޒިކް ތައްޔާރު ކޮށްދީފައެވެ.

އޭނާއަށްވަނީ 2009 ވަނަ އަހަރު އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުގެ ނެޝަނަލް އެވޯޑު ވެސް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް