ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 10:49
ވަރުން ދަވަން "އޭބިސީޑީ" ގެ ޑައިރެކްޓަރާއި އެކީގައި
ވަރުން ދަވަން "އޭބިސީޑީ" ގެ ޑައިރެކްޓަރާއި އެކީގައި
ގެޓީ އިމޭޖަސް
ވަރުން ދަވަން
ވަރުން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި
ރިޕޯޓްކޮށްފައިވާގޮތުގައި ދެން ވަރުން ދަވަން ފިލްމު ކުޅޭނީ 25 ކުރޯޑް އިންޑިއަން ރުޕީސް އަށް

ފިލްމީ ތަރިން ކުޅޭ ފިލްމުތައް ކާމިޔާބު ވުމަކީ އެ ތަރިން ފިލްމު ކުޅެދޭ އަގުތައް ބޮޑުވާ ކަމެކެވެ. ޚާއްސަކޮށް ބޮލީވުޑްގެ ތަރިންގެ ތެރޭގައެވެ. ދީޕިކާ ޕަދުކޯންވެސް ވަނީ މިއަހަރުގެ ތެރޭގައި އޭނާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފަ އެވެ. ހަމަ އެގޮތަށް ޝްރަދާ ކަޕޫރުވެސް ވަނީ އޭނާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައެވެ.

ދާދިފަހުން އިވިގެން މިދިޔަ ޚަބަރަކީ ބޮލީވުޑްގެ އެކްޓަރ ވަރުން ދަވަން ފިލްމު ކުޅެދޭ އަގު ބޮޑު ކުރި ޚަބަރެވެ. ޚަބަރުތައް ބުނާ ގޮތުގައި ވަރުން ދަވަން އޭނާ ފިލްމު ކުޅެދޭ އަގު ބޮޑުކުރީ "ޖުޅްވާ2" އިން އޭނާއަށް ލިބުނު ކާމިޔާބީ އާ ގުޅިގެންނެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ދެން ވަރުން ދަވަން ފިލްމު ކުޅޭނީ 25 ކުރޯޑް އިންޑިއަން ރުޕީސް އަށެވެ.

ވަރުން ދަވަން އެންމެ ފުރަތަމަ ފިލްމީ ދާއިރާއާއި ގުޅިފައިވަނީ 2012 ވަނަ އަހަރުގައެވެ. އޭނާގެ އެންމެ ފުރަތަމަ ފިލްމަކީ އެއަހަރު ނިކުތް "ސްޓޫޑެންޓް އޮފްދަ އިޔާ" އެވެ.

ވަރުން އަކީ ފިލްމު ޑައިރެކްޓަރ ޑޭވިޑް ދަވަން ގެ ދަރިއެކެވެ. ވަރުން އެންމެ ފަހުން ކުޅެފައިވާ "ޖުޅްވާ2" އަކީ ވެސް އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

ވަރުން އޭނާގެ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައިވާއިރު އޭނާގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި ޑައިރެކްޓަރ ރޭމޯ ޑި'ސޫޒާގެ ކާމިޔާބު ފިލްމު ފްރަންޗައިޒެއް ކަމަށްވާ "އޭބީސީޑީ" ގެ ތިންވަނަ ފިލްމާއި، "އޮކްޓޯބަރ" ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް