ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 10:57
"ބާގީ 2" ގައި ހަރަކާތްތެރިވާ ޓައިގާ ޝްރޮފް
"ބާގީ 2" ގައި ހަރަކާތްތެރިވާ ޓައިގާ ޝްރޮފް
އިންޑިއަން އެކްސްޕްރެސް
"ބާގީ 2"
"ބާގީ 2" ކުޅުމަށް ޓައިގާ ފަސް ކިލޯ ބަރުކޮށްފި
މި ފިލްމުގެ ފުރަތަމަ ޝޫޓިންގ ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގައި
ދެވަނަ ޝޫޓިންގ އަންނަ ހޮނިހިރު ދުވަހު ފަށާނެ

އަންނަ އަހަރުގެ އެޕްރީލްގައި ނެރުމަށް ހަމަޖެހިފައިވާ "ބާގީ 2" އަށް ޓައިގާ ޝްރޮފް 5 ކިލޯ ބަރުކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ޓައިގާ ބުނީ "ބާގީ 2" ކުޅުމަށް އޭނާ 5 ކިލޯ ބަރު ކޮށްފައިވާ ކަމަށާއި، މި ފިލްމްގެ މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތަކަަށް ވެގެންދާނެ ކަމަށެވެ.

މި ފިލްމުގެ ފުރަތަމަ ޝޫޓިންގ ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުގައެވެ.

ފުރަތަމަ ޝޫޓިންގ ފެށުމަށް ޓައިގާ ވަނީ ބޯވެސް ބާލާފައެވެ. ފިލްމުގެ ފުރަތަމަ ޝޫޓިންގ ނިމި، ދެވަނަ ޝޫޓިންގ އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ޓައިގާ ވަނީ ބުނެފަ އެވެ.

އެހެންކަމުން ދެވަނަ ޝޫޓިން ފަށާއިރު ޓައިގާ ފެންނާނީ ތަންކޮޅެއް ފަލަ ކޮންނެވެ.

"ބާގީ"ގެ ފުރަތަމަ ބައިގައި ޓައިގާ އާއެކު ފެނިގެންގޮސްފައި ވަނީ ޝްރަދާ ކަޕޫރެވެ. އެހެން ނަމަވެސް ފިލްމުގެ ދެވަނަ ބައިގައި ޓައިގާ އާ އެކު ފެންނާނީ ދިޝާ ޕަޓާނީއާއެވެ. "ބާގީ 2" ވެސް ޕްރޮޑިއުސް ކުރަނީ ވަނީ "ބާގީ" ޕްރޮޑިއުސް ކުރި ސާޖިދު ނަދިއަދްވާލާ އެވެ.

ޓައިގާ ވަނީ މި ފިލްމަށް ތައްޔާރުވުމަށް މީގެ ކުރިން އެއް މަސް ދުވަހުގެ ސްޓަންޓް ޓްރެއިނިންގ އެއް ޗައިނާގައި ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް