ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 22:57
އެމް.ޑަބްލިޔު.އެސް.ސީ ގެ "އާރް.އޯ. އެނެކްސް" ރަސްމީކޮށް ހުޅުވުމުގެ ތެރެއިން
އެމް.ޑަބްލިޔު.އެސް.ސީ ގެ "އާރް.އޯ. އެނެކްސް" ރަސްމީކޮށް ހުޅުވުމުގެ ތެރެއިން
ރައީސް އޮފީސް
އެމް.ޑަބްލިޔު.އެސް.ސީ
އެމް.ޑަބްލިޔު.އެސް.ސީ ގެ "އާރް.އޯ.އެނެކްސް" ރައީސް ޔާމީން ރަސްމީކޮށް ހުޅުއްވައިދެއްވައިފި
މިއީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ފެން އުފައްދާ އައު މަރުކަޒު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ފެން އުފައްދާ އައު މަރުކަޒު، "އާރް.އޯ.އެނެކްސް" އާދިއްތަ ދުވަހުގެރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި މަރުކަޒަކީ އެމް.ޑަބްލިޔު.އެސް.ސީގެ ފެނުގެ ރައްކާތެރިކަން އިތުރުކުރުމުގެ ޕްލޭންގެ ދަށުން، މާލޭގެ އޮޕަރޭޝަން ސެންޓަރ ލާމަރުކަޒީކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ފެން އުފައްދާ މައި ކާރުޚާނާގެ އިތުރަށް ހުޅުވި ފެން އުފައްދާ އާ ޕްރޮޑަކްޝަން ސެންޓަރެކެވެ.

"އާރް.އޯ.އެނެކްސް" ގެ 5,000 ޓަނުގެ ފެން އުފައްދާ ޕްލާންޓާއެކު، ދުވާލެއްގެ މައްޗަށް 25,000 ސީ.ބީ.އެމް ގެ ފެން އުފެއްދުމުގެ ޤާބިލުކަން އެމް.ޑަބްލިޔު.އެސް.ސީއަށް ލިބިގެންދާނެއެވެ. މިއީ މާލެއަށް ފެން ބޭނުންވާ މިންވަރަށް ބަލާއިރު ފެނުގެ ރައްކާތެރިކަމަށް ލިބުނު 25 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް