ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 11:13
"ތަގްސް އޮފް ހިންދުސްތާން" ގެ ޕޯސްޓަރެއް
"ތަގްސް އޮފް ހިންދުސްތާން" ގެ ޕޯސްޓަރެއް
ގެޓީ އިމޭޖަސް
"ތަގްސް އޮފް ހިންދުސްތާން"
 "ތަގްސް އޮފް ހިންދުސްތާން" ގެ މަންޒަރަކާއިހެދި އަމީތާބު އަރާރުމަކަށް
ފިލްމު ނިކުންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 5 ގައި

ބޮލީވުޑްގެ ތަރި އަމީތާބު ބައްޗަން މިހާރު ޝޫޓް ކުރަމުންދާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ މަންޒަރަކާއި ހެދި އޭނާއާއި ފިލްމުގެ ޑައިރެކްޓަރ އަޗާރިއާއާއި ދެމެދު އަރާރުމެއް ގޮސްފިއެވެ.

ރިޕޯޓްތައް ބުނެފައިވާ ގޮތުގައި މި އަރާރުން ފެށިފައިވަނީ އަމީތާބް އެ ފިލްމުގެ މަންޒަރަކާއިމެދު ހިތްހަމަ ނުޖެހިގެން ޑައިރެކްޓަރާއި ވާހަކަ ދެއްކުމުން އެ މަންޒަރު ރަނގަޅުކަމަށް އަޗާރިއާ ބުނުމުން ކަމަށެވެ. އަދި އެހެން ބުނުމުން އެދެމީހުންގެ ދޭތެރޭގައި ކޮންމެވެސް ވަރެއްގެ ޒުވާބެއް ހިނގި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އަދި އެކަމާއި ހެދި ފިލްމުގެ ޝޫޓިން ކޮންމެވެސް ވަރަކަށް ހުއްޓިފައި އޮތްކަމަށާއި އެހެން ނަމަވެސް ފަހުން ޝޫޓިން ފަށާފައިވަނީ އާމިރު ޚާން އެދެމީހުން ސުލްހަ ކުރުވުމުން ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

މިއީ އަމީތާބާއި އާމިރުޚާން އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފިލްމެވެ. އެހެން ކަމުން ބެލުންތެރިން ތިބީ ބޮލީވުޑްގައި އެންމެ މޮޅު އެކްޓިން ދައްކާ ކަމަށް ގަބޫލުކުރާ މިދެތަރިން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.  މި ފިލްމުގައި އަމީތާބާއި އާމިރުގެ އިތުރުން ފެނިގެންދާނީ ކެޓްރީނާ ކައުފް އާއި ފާތިމަތު ސަނާ ޝެއިޚްއެވެ. މި ފިލްމު ނިކުންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 5 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް