ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 11:04
ޑޯނާ އާއި ސެއު ރުސޯ
ޑޯނާ އާއި ސެއު ރުސޯ
ގެޓީ އިމޭޖަސް
ދެމަފިރިންގެ 60 އަހަރުގެ ކައިވ
ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި
ޑޯނާ އާއި ސެއު ރުސޯ އަށް ވަނީ 6 ދަރިން ލިބިފައި

ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން  ބްރެޒިލްގެ ދެމަފިރިއަކު  ފޮޓޯ ނަގައިފިއެވެ.

ޑޯނާ އާއި ސެއު ރުސޯ ކައިވެނި ކުރީ 1957 ވަނަ އަހަރުގައެވެ. އޭރު އެދެމަފިރިންގެ ކައިވެނީގެ ކޭކު އަޅާދިނީ ބޮޑުދައިތައެވެ. އަދި ހެދުން ފަހައިދިނީ އޭނާގެ "ގޯޑްމަދާ" އެވެ. ޑޯނާ އާއި ސެއު ރުސޯ ކައިވެނި ކުރި އިރު ހެދުން ލައި ނަލަވެ ކުޑަހަފްލާއެއް ބޭއްވި ކަމުގައި ވިއަސް އެ ހަފްލާގެ ފޮޓޯއެއް ނެގިފައެއް ނެތެވެ.

އެހެންކަމުން އެދެމަފިރިން ނިންމީ ކައިވެންޏަށް 60 އަހަރުވީ ދުވަހު ފޮޓޯ ނެގުމަށެވެ.

ފޮޓޯ ގްރާފަރުން ކަމަށްވާ ވިވިއަން އާއި ޑޭވިޑް ބުނީ ޑޯނާ އާއި ސެއު ރުސޯ އެކުގައި އައިސް ކައިވެންނަށް 60 އަހަރު ވާތީ ފޮޓޯ ނެގުމަށް އެދުމުން އެކަން ކޮށްދިނީ އުފަލާއެކީގައި ކަމަށެވެ.

ޑޯނާ އާއި ސެއު ރުސޯ އަށް ވަނީ 6 ދަރިން ލިބިފައެވެ. 6 ދަރިންނަށް ވަނީ 16 މާމަދަރިން ލިބިފައެވެ. އަދި 4 މުނިމާމަ ދަރިން އެދެމީހުންނަށް ވަނީ ލިބިފައެވެ.

އެދެމަފިރިންގެ ވެޑިން ޑްރެސް ފަހައިދިން ފެހުންތެރިޔާ ބުނެފައިވަނީ ހެދުން ފެހުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ އެދެމަފިރިން އެންމެ ބޭޏުންވާގޮތަށް ހެދުން ފެހުމަށް ކަމަށެވެ. އަދި އެންމެ ފުރަތަމަ ކައިވެނީގެ ހެދުން ހުރި ގޮތަށް އެދެމީހުން ބުނިގޮތަށް ހެދުން ފަހާދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ދެމަފިރިންގެ 60 އަހަރު ވީ ކައިވެންޏަށް ނަގާފައިވާ ފޮޓޯތަކުން އެދެމަފިރިންގެ ހިތުގައި އުފެދިފައިވާ ކުލުނާއި ލޯބި ހާމަވެގެންދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް