ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 09:51
"ޖުޅްވާ2"
"ޖުޅްވާ2"
ގެޓީ އިމޭޖަސް
ޖުޅްވާ2
"ޖުޅްވާ2": 9 ދުވަހުން 102 އަށް ވުރެ ގިނަ ކުރޯޑް ރުޕީސް
ވަރުންގެ އިތުރުން ފެނިގެންދަނީ ޖެކުއިލިން އާއި ތާޕްސޫ ޕައްނޫ

ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސިނަމާތަކަށް އައި "ޖުޅްވާ2" އަކަށް 9 ދުވަސްތެރޭގައި 102 އަށް ވުރެ ގިނަ އިންޑިއަން ރުޕީސް ލިބިއްޖެއެވެ.

މިކަމާއި ގުޅިގެން ވަރުން ދަވަން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ފިލްމަށް ބެލުންތެރިންގެ ލޯބި ލިބުމުން އިންތިހާއަށް އުފާވެފައި ހުރި ކަމަށެވެ.

މި ފިލްމު އުފެއްދުމަށް ގޮސްފައިވަނީ 65 ކުރޯޑް އިންޑިއަން ރުޕީސްއެވެ.

އަދި އޭނާގެ "ޖުޅްވާ2" އަކީ ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށްވެސް ގަޔާވާނެ ފިލްމެއްކަމަށާއި އެކަން ބެލުންތެރިން ގަބޫލުކޮށްފި ކަމަށް ވަރުން ބުންޏެވެ.

"ޖުޅްވާ2" އަކީ މީގެ 20 އަހަރު ކުރިން ވަރުން ދާވަންގެ ބައްޕަ ޑޭވިޑް ސަލްމާނާއެކީ ހެދި ފިލްމު "ޖުޅްވާ" ގެ ދެވަނަ ބައެވެ.

މި ފިލްމު އެޅުވުމުގެ ކުރިން ވަނީ އެނަލިސްޓުން ފާޑުވެސް ކިޔާފައެވެ. މި ފިލްމަށް ފާޑު ކިޔާފައިވަނީ ފިލްމުގެ ވާހަކަ ހަމަ ނުޖެހޭކަމަށާއި ހަމަ އެކަނި ކޮމެޑީ ފިލްމުތަކަކީ ބެލުންތެރިން ބަލައިގަންނާނެ ފިލްމެއް ނޫން ކަމަށް ބުނެ އެނަލިސްޓުން ދިޔައީ ފާޑު ކިޔަމުންނެވެ.

މި ފިލްމުގައި ވަރުންފެނިގެންދަނީ އެއްމާބަނޑު ދެމީހެއްގެ ރޯލުންނެވެ. އެއީ ރާޖާ އާއި ޕްރޭމް ކިޔާ ދެމީހެއްގެ ރޯލުންނެވެ. މި ފިލްމުގައި ވަރުންގެ އިތުރުން ފެނިގެންދަނީ ޖެކުއިލިން އާއި ތާޕްސޫ ޕައްނޫ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް