ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 10:28
ދިރާގު ޔޫތު ފެސްޓްގެ ޕޯސްޓަރ
ދިރާގު ޔޫތު ފެސްޓްގެ ޕޯސްޓަރ
ދިރާގު
ދިރާގު ޔޫތް ފެސްޓް
ދިރާގު ޔޫތްފެސްޓް މާދަމާ އޮންނާނެ
މި ފެސްޓިވަލުގައި ބައިވެރިވާ ފަރާތްތަކަށް މުޅިން ހިލޭ މޫދު ކުޅިވަރުގައި ބައިވެރިވެވޭނެ
ވޯޓާ ސްޕޯޓްސް އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެދުނު ވިލިމާލޭ ބީޗުގައި

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އިންތިޒާމު ކޮށްގެން ބާއްވާ ޔޫތު ފެސްޓް މަދާމާ ބާއްވާނެއެވެ.

ދިރާގުގެ ޔޫތު ފެސްޓްގެ ވޯޓާ ސްޕޯޓްސް އެޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެދުނު 10 އިން އިރުއޮއްސި 6:00 އަށް ވިލިމާލޭ ބީޗުގައެވެ. މި ފެސްޓިވަލުގައި ބައިވެރިވާ ފަރާތްތަކަށް މުޅިން ހިލޭ މޫދު ކުޅިވަރުތަކުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ހަމައެހެންމެ މި ފެސްޓިވަލް ކުރިޔަށްދާ ވަގުތު ލައިވް މިއުޒިކާއި ބާބަކިއު އަދި ތަފާތު ބީޗް ކުޅިވަރުތައް އެ ސަރަހައްދުގައި ކުރިޔަށް ދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން މި ފެސްޓިވަލް ބޭއްވުމަށް ނިންމި އެންމެ މައިގަނޑު ސަބަބަކީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ކުޅުމުގެ ފުރުސަތު ވީހާ ވެސް ގިނަ ޒުވާނުންނަށް ހުޅުވާލުމުގެ މަގްސަދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް