ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 10:22
މަރިޔޭން އާއި ޓޯމީ
މަރިޔޭން އާއި ޓޯމީ
ގެޓީ އިމޭޖަސް
މަރިޔޭން އާއި ޓޯމީ
ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު
އެދެމީހުން ކައިވެނި ކުރީ 1995 ގައި

މަރިޔޭން އާއި ޓޯމީ އެންމެ ފުރަތަމަ ދިމާވީ މީގެ 23 އަހަރު ކުރިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ ޓްރެއިނިން ސެންޓަރުންނެވެ. އަށާރަ މަސްދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު އެ ދެ މީހުން އެންގޭޖްވީ "ޓޯއި ރިންގް" އަކުން ކަމަށް މަރިޔޭން ބުނެއެވެ.

އޭގެ ދެތިން މަސް ދުވަސް ފަހުން 1995 ވަނަ އަހަރު ކައިވެނި ކުރީ އާއިލާ އާއި ރައްޓެހިންގެ ހާޒިރުގައެވެ.

މަރިޔޭންގެ ދައްތަ ނިއުމޭން ބުނާ ގޮތުގައި ޓޯމީ އާއި މަރިޔޭން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އިހުތިރާމާއި ލޯތްބާއެކު ދެމީހުން ދެމީހުންނަށް އިންތިހާއަށް ރަނގަޅުކަމަށް އޭނާ ބުންޏެވެ.

މެރިޔޭންގެ ދައްތަ ބުނި ގޮތުގައި އެ ދެ މީހުން އެންމެ ފުރަތަމަ ކައިވެނި ކުރަން އުޅުމުން މަންމަ ނުގަބޫލުވި ކަމަށެވެ. އެހެން ނަމަވެސް މަރިޔޭން އާއި ޓޯމީ އެ ދެ މީހުން ކައިވެނިކުރަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް މަންމައަށް ޔަގީން ކޮށްދިން ކަމަށް އޭނާ ބުންޏެވެ.

މަރިޔޭން ބުނީ އޭނާ އާއި ޓޯމީ ކައިވެނި ކުރި ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. ޓޯމީ ކައިވެންޏަށް އެދުމުން އޭރު އޭނާ ހުރީ ޝޮކެއްގެ ތެރޭގައި ކަމަށާއި ދެވަނަ ވިސްނުމަކަށް ނުގޮސް ވަގުތުން އާނއެކޭ ބުނި ކަމަށެވެ.

ޓޯމީ އާއި އޭނާ ދުވަހަކު ވެސް ޒުވާބު ނުކުރާ ކަމަށާއި އޭނާގެ ފިރިމީހާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާކަމަށް މަރިޔޭން ބުންޏެވެ. 

ނިއުމޭން ބުނި ގޮތުގައި މަރިޔޭން އާއި ޓޯމީގެ ގުޅުން ވަރަށް ރަނގަޅެވެ. އެދެމީހުންނަކީ ވަރަށް "އަންޑަސްޓޭންޑިން" ދެމީހުން ކަމަށް ނިއުމޭން ބުންޏެވެ. މީހެއްގެ ގައިގައި ހުރި ނުކުޅުދެދުންތެރި ކަމަކީ ރަނގަޅު ދިރިއުޅުމެއްގައި ނޫޅެވެންވީ ސަބަބެއް ނޫންކަން އެ ދެމަފިރިން ސާބިތު ކޮށްދީފި ކަމަށް އޭނާ ބުންޏެވެ.

މަރިޔޭން އާއި ޓޯމީ ދިރިއުޅެނީ މަރިޔޭން މަންމަގެ ގޭގައެވެ.

ނިއުމޭން ވަނީ "މަރިޔޭން އެންޑް ޓޯމީ"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ވެސް ހުޅުވާފައެވެ. އެ ޕޭޖުގައި އެ ދެމަފިރިންގެ ދިރިއުޅުމުގައި ކުރާ މުހިއްމު ކަންތައްތައް ވަނީ ހިއްސާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް