ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 12:29
"ޖަބް ހެރީ މެޓް ސޭޖަލް"ގެ ޕޯސްޓަރެއް
"ޖަބް ހެރީ މެޓް ސޭޖަލް"ގެ ޕޯސްޓަރެއް
އިމޭޖަސް.އެމްވީ
"ޖަބް ހެރީ މެޓް ސޭޖަލް"
ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ
މި ފިލްމު މިސްރުގައި ރިލީޒްކުރަން ނިންމީ، އެ ޤައުމުގައި މި ފިލްމުގެ ލީޑް އެކްޓަރ، ޝާހް ރުކް ޚާނަށް ބޮޑު ތާޢީދެއް އޮންނާތީ

ޑައިރެކްޓަރ އިމްތިއާޒް އަލީގެ އެންމެ ފަހުގެ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" މިސްރުގައި ރިލީޒް ކުރަން ނިންމައިފިއެވެ.

ފިލްމުގެ ޓީމުން މީޑިއާއަށް ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު މިސްރުގައި ރިލީޒް ކުރަން ނިންމީ، އެ ޤައުމުގައި މި ފިލްމުގެ ލީޑް އެކްޓަރ، ޝާހް ރުކް ޚާނަށް ބޮޑު ތާޢީދެއް އޮންނާތީއެވެ.

މިސްރުގައި "ޖަބް ހެރީ މެޓް ސޭޖަލް" ރަސްމީކޮށް ރިލީޒް ކުރުމުގެ ކުރިން، ދައުވަތު އެރުވުނު ފަރާތްތަކަކަށް ފިލްމުގެ ޚާއްސަ ސްކްރީނިންއެއް ވަނީ ބާއްވާފައެވެ. މިސްރުގައި ބޭއްވި މި ފިލްމުގެ ޚާއްސަ ސްކްރީނިންގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ، މިސްރުގައި ހުންނަވާ އިންޑިއާގެ ސަފީރު، ސަންޖޭ ބައްޓަޗާރިޔާއެވެ.

މި ހަފްލާގައި ސަންޖޭ ވިދާޅުވީ، މިއީ އާ ފެށުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާ، މިސްރުގައި ބޮލީވުޑްގެ ތަރިންނަށް ބޮޑު ތަރުޙީބެއް އޮންނަ ކަމަށެވެ. އަދި މި ފެށުމާއި އެކު ބޮލީވުޑްގެ ފިލްމުތައް މިސްރުގައި ރިލީޒް ކުރެވޭ މިންވަރު އިތުރުވެ، މިސްރުގެ ބޮކްސް އޮފީހުގައި ރަންޒަމާނެކޭވެސް އެއްފަދައިން ބޮލީވުޑްގެ ފިލްމުތައް އަނެއްކާވެސް ރަސްކަން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިސްރުގައި މި ފިލްމު ރިލީޒް ކުރާއިރު، ގާހިރާ އާއި އިސްކަންދަރިއްޔާ އަދި ޕޯޓް ހިމެނޭގޮތަށް، 13 ސިނަމާއެއްގައި މި ފިލްމު ދެއްކުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް