ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 18:08
ގޫގުލް އިން އަލަށް އިއުލާންކުރި ފިކްސްލް 2 އަދި ޕިކްސްލް 2 އެކްސެލް
ގޫގުލް އިން އަލަށް އިއުލާންކުރި ފިކްސްލް 2 އަދި ޕިކްސްލް 2 އެކްސެލް
ދަ ވާޖް
ގޫގުލް ޕިކްސްލް
ގޫގުލް ޕިކްސްލް 2 އަދި ޕިކްސްލް 2 އެކްސްއެލް ތަޢާރުފުކޮށްފި
ފޯންއާއި އެކު އައު ވަޔަރލެސް ހެޑްފޯންވެސް ވަނީ ދައްކާލާފަ
ގޫގުލްއިން ވަނީ އައު 2 ފޯން އިއުލާންކޮށްފައި

ގޫގުލްގެ އައު ސްމާޓް ފޯން ' ގޫގުލް ޕިކްސްލް  2 ' އަދި ' ގޫގުލް ޕިކްސްލް 2 އެކްސްއެލް ' ތަޢާރުފުކޮށްއެވެ.

ތަފާތު ގިނަ ފީޗަރސް ތަކަކާއިއެކު ގޫގުލް އިން ނެރޭ ޕިކްސްލް 2 ފޯން ތަޢާރުފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ފޯނުގެ އިތުރުން ގޫގުލްގެ އައު ޕިކްސަލް ބުކްއާއި ގޫގުލް ހޯމް ސްޕީކަރޒް އަދި  އަލަށް ނެރޭ ހެޑްފޯން 'ޕިކްސަލް ބަަޑްސް' ވެސް ވަނި ދައްކާލާފައެވެ.

ގޫގުލް ޕިކްސްލް 2 ގައި 5 އިންޗި ޑިސްޕްލޭއެއް ހުންނައިރު  64 ޖީބީގެ ސްޓޯރޭޖް ޓިއާ އަކުން ފެށޭ މިފޯނު ވިއްކުމަށް ގޫގުލްއިން ނިންމާފައިވާނީ 649 ޑޮލަރަށެވެ. ޕިކްސްލް 2 އެކްސްއެލްގެ އަގު ފެށެނީ 849 ޑޮލަރުންނެވެ.


ގޫގުލް ޕިކްސްލް 2 ގައި 2700 މިލިއެމްޕްގެ ބެޓެރިއެއް ހުންނައިރު ފޯނުގެ ބަރުދަނަކީ 143 ގްރާމްއެވެ. ގޫގުލް ޕިކްސްލް 2 އެކްސްއެލް ގައި 3520 މިލިއެމްޕްގެ ބެޓެރިއެއް ހުންނައިރު އެ ފޯނުގެ ބަރުދަނަކީ 175 ގްރާމްއެވެ.

ޕިކްސްލް 2 ގައި 5 އިންޗި ފުލް އެޗްޑީ ސްކްރީންއެއް ހުންނައިރު ޕިކްސްލް 2 ގައި ހުންނަނީ 2880× 1440 ގެ ޕީ އޯލެޑް ޑިސްޕްލޭއެކެވެ. ޕިކްސްލް 2 އިން އިއުލާންކޮށްފައިވާ 2 ފޯންގައިވެސް އެންމެ ފަހުގެ ޕްރޮސެސާ ހިމަނާފައިވާއިރު 4 ޖީބީ ރެމް ހިމަނާފައިއެވެ. މީގެ އިތުރުން 12.2 މެގަ ޕިކްސްލްގެ ފަހަތު ކެމެރާއެއް ހުރެއެވެ. ގޫގުލްއިން ބުނާގޮތުގައި މިއީ ފޯންއެއްގައި ހުންނާނެ އެންމެ ވަރުގަދަ ކެމެރާއެވެ.
ގޫގުލްގެ އައު ފޯންގައި ވަޔަލެސް ޗާގިންގް ނުހުންނައިރު ހެޑްފޯން ޖެކެއްވެސް ނުހުރެވެ. މީގެ ބަދަލުގައި އިންނަނީ ޔޫއެސްބީ - ސީ ޕޯޓެއް އެކަންޏެވެ. ޕިކްސްލް 2 އާއި 2 އެކްސްއެލް ފޯންތައް 15 މިނެޓް ތެރޭގައި 7 ގަޑިއިރު ބޭނުންކުރެވޭވަރަށް ޗާޖް ކުރެވޭނެއެވެ.

ގޫގުލްއިން ވަނީ ޕިކްސްލްގެ އައު ފޯނުގައި ޕިކްސްލް 1 ގެ ވަރަށް ގިނަ ފީޗާޒްތައް ހިފަހައްޓާފައިއެވެ. ޕިކްސެލް 2 ފޯންތަކުގެ އަރިމައްޗަށް ފިއްތާލުމުން ހާއްސަ ފީޗާއެއް ބޭނުންކުރެވެއެވެ. މިއަށް ގޫގުލްއިން ކިޔަނީ "އެކްޓިވް އެޖް' އެވެ.

ޕިކްސްލް ފޯންއާއިއެކު ގޫގުލް އިން އިއުލާނުކުރި ' ޕިކްސްލް ބަޑްސް'، ވަޔަރލެސް ހެޑްސެޓުގެ އަގަކީ 149 ޑޮލަރެވެ. ގޫގުލް ބަޑްސް އާއިއެކު ލިބޭ ވަޔާލެސް ޗާގިންގް ކޭސްއިން 5 ފަހަރު ހެޑްފޯންސް ފުލް ޗާޖް ކުރެވެއެވެ.
 

ގޫގުލް ޕިކްސްލް 2 އަދި ޕިކްސެލް 2 އެކްސްއެލް ވިއްކަން ފެށުމަށް ނިންމާފައިވަނީ މި އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް