ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 06:32
އާމިރްޙާން
އާމިރްޙާން
ގޫގުލް
އާމިރްޙާން
އާމިރްހާން ފުރަތަމަ ފަހަރަށް ސިންގަޕޫރަށް ގޮސްފި
އާމިރް ސިންގަޕޫރަށް ފުރާފައި ވަނީ ހޯމަ ދުވަހު

އާމިރްހާން ފުރަތަމަ ފަހަރަށް ސިންގަޕޫރަށް ގޮސްފި އެވެ.

އާމިރް ސިންގަޕޫރަށް ފުރާފައިވަނީ އޭނާގެ ފަހުގެ ފިލްމް "ސީކްރެޓް ސުޕަރސްޓާ" ޕްރޮމޯޓްކުރުމަށެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި ސިންގަޕޫރުގައި ފިލްމް ޕްރޮމޯޓްކުރަން އާމިރް ނިންމީ އޭނާ ދުވަހަކުވެސް އެ ޤައުމަށް ދަތުރުކޮށްފައި ނުވާތީ ކަމަށާއި އާ އޯޑިއެންސް އަކަށްވެސް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށެވެ.

"ސީކްރެޓް ސުޕަރސްޓާ"ގެ ޕްރޮމޯޝަން ސިންގަޕޫރުން ފަށާފައިވާއިރު ދެން އެ ފިލްމު ޕްރޮމޯޓްކުރުމަށް ހަމަޖެހިފައިވަނީ ތުރުކީގައެވެ.

ހޯމަދުވަހު އާމިރު ސިންގަޕޫރު އެއަޕޯޓުން ވަނީ ސިންގަޕޫރުގެ ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ. އަދި ސިންގަޕޫރުގައި ކިޔަވަމުންދާ އިންޑިއާ ކުޑަކުދިންނާއި ބައްދަލުކޮށް އާމިރް ވަނީ އޭނާގެ ފިލްމީ ހަޔާތުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް