ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 17:11
މެކްސިކޯ އަށް އޮކްޓޯބަރ 28 ގައި އުޑުން ވެހުނު މަސްތަކުގެ ފޮޓޯއެއް
މެކްސިކޯ އަށް އޮކްޓޯބަރ 28 ގައި އުޑުން ވެހުނު މަސްތަކުގެ ފޮޓޯއެއް
ފޭސްބުކް
އުޑުން މަސް ވެހުން
ތުނި ވާރޭ އާއެކު މެކްސިކޯއަށް އުޑުން މަސް ތަކެއް ވެހިއްޖެ
އުޑުން ވެހުނު ކުދި މަސްތަކުގެ ފޮޓޯ އާއި ވީޑިއޯ އޮފިޝަލުންވަނީ ހާމަ ކޮށްފައި

ހުސްވި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު މެކްސިކޯގެ ސަރަހައްދަކަށް ވެހުނު ތުނި ވާރޭ އާ އެކު އުޑުން މަސްތަކެއް ވެހިއްޖެ ކަމަށް ރިޕޯޓް ކޮށްފިއެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވަނީ މިކަން ހިނގީ މެކްސިކޯގެ އިރުއުތުރު ސިޓީއެއް ކަމަށްވާ ޓަމައުލިޕާސްގެ އިރު ދެކުނު ސަރަހައްދުގައި ކަމަށެވެ.

އުޑުން ވެހުނު ކުދި މަސްތަކުގެ ފޮޓޯ އާއި ވީޑިއޯ އެ ސިޓީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މިހާދިސާ ހިނގި ކަމަށް ރިޕޯޓު ކުރުމާ ގުޅިގެން މިއީ ހަގީގަތުގައިވެސް ހިނގާފާނެ ކަމެއްތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މާޒީއަށް ބަލާއިރު މިއީ މިބާވަތުގެ ފުރަތަމަ ހާދިސާ ނޫންކަން ފާހަގަ ކުރެވެއެވެ. އެމެރިކާގެ ކެލިފޯނިއާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައިވެސް ވާރޭ އާ އެކު ދިރޭ މަސް ވެހުނުކަން ރެކޯޑް ކުރެވިފައިވެއެވެ. އަދި 2010 ވަނަ އަހަރު އޮސްޓްރޭލިއާ އަށް އެތައް ސަތޭކަ ކުދި މަސްތަކެއް އުޑުން ވެހުނު ތަން ފެނުމުން އެތައް ބަޔަކު ހައިރާން ވެގެން އުޅުނުކަން ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ކޮޅިގަނޑުގެ ތެރޭގައި އަދި ނަގޫރޯޅިފަދަ ހާދިސާތަކުގައި ދަމާ ބާރު އުފެދި ކޯރުތަކުންނާއި ކަނޑުފަޅުތަކުން ކުދި މަސް ފަދަ ތަކެތި މައްޗަށް ދަމައިގަންނަ ކަމަށެވެ. މި ގޮތަށް މައްޗަށް ދަމައިގަންނަ ވަގުތު ގަދަ ވަޔާއެކު، އެއްގަމާ ދިމާލަށް އެތަކެތި ދިއުމުން އަދި ވައި ހިނދުމުން ބިންމައްޗަށް ވެއްޓެނީ ކަމަށެވެ. އަދި އެއީ ވިއްސާރަ ވެހޭ ވަގުތެއް ނަމަ ވިއްސާރަ އާއެކު މަސްތައް ބިމަށް ވެހޭ ގޮތް ފެންނަނީ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް