ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 13:25
 "ގޭމް އޮފް ތުރޯންސް"ގެ ތަރި ނިކޮލާއި ކޯސްޓާ-ވަލްދާއު (ޖެއިމީ ލެނިސްޓާ)
"ގޭމް އޮފް ތުރޯންސް"ގެ ތަރި ނިކޮލާއި ކޯސްޓާ-ވަލްދާއު (ޖެއިމީ ލެނިސްޓާ)
ގެޓީ އިމޭޖަސް
ޖެއިމީ ލެނިސްޓާ
"ގޭމް އޮފް ތުރޯންސް"ގެ ޖެއިމީ ލެނިސްޓާ ރާއްޖެއިން ފުރައިފި
ޖެއިމީ ލެނިސްޓާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 1 ގައި

އެޗްބީއޯ ޗެނަލުން ދައްކާ "ގޭމް އޮފް ތުރޯންސް" ގެ ތަރި ނިކޮލާއި ކޯސްޓާ-ވަލްދާއު (ޖެއިމީ ލެނިސްޓާ) ރާއްޖެއިން އެނބުރި ގޮސްފިއެވެ.

ޖެއިމީ ލެނިސްޓާ މާލެ އައިސްފައިވަނީ ޔޫއެންޑީޕީން ރާއްޖޭގައި ބޭއްވި މޫސިމީ ބައްދަލުވުމުގައި ބައިވެރިވެ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދިނުމަށެވެ. ޖެއިމީ ލެނިސްޓާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގައެވެ. 

އޭނާ ވަނީ ލ. މާބައިދޫއަށް ގޮސް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލާފައެވެ. 

ޖެއިމީ ލެނިސްޓާ މިއަދު ރާއްޖެއިން ފުރާފާއިވާއިރު މިއަދަކީ އޭނާ ފިލްމީ ހަޔާތާއި ގުޅުނުތާ 25 އަހަރު ފުރޭ ދުވަހެވެ. އޭނާ ވަނީ އެކަން ހާމަކޮށް ޓްވީޓް ވެސް ކޮށްފައެވެ. ޖެއިމީ ލެނިސްޓާއަކީ ޔޫއެންޑީޕީގެ ގުޑްވިލް އެމްބެސެޑަރއެވެ.

އުމުރުން 47 އަހަރުގެ އެކްޓަރ ފިލްމު ކުޅެން ފަށާފައިވަނީ އޭނާގެ އުމުރުން 22 އަހަރުގައެވެ. އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ 1994 ވަނަ އަހަރު ކުޅުނު "ނައިޓް ވޮޗް" އެވެ.

ޖެއިމީ ލެނިސްޓާ އަށް ވަނީ 2015 ވަނަ އަހަރު އެމްޕަޔާ އެވޯޑް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް