ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 11:13
ލޭޑީ ގާގާ
ލޭޑީ ގާގާ
ގެޓީ އިމޭޖަސް
ލޭޑީ ގާގާ
ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ
އޭނާ އެހީވަނީ އެމެރިކާއާއި ކެރީބިއަންގެ ރަށްތަކަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް

އެމެރިކާ އާއި ކެރީބިއަންގެ ރަށްތަކަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފިއެވެ. 

އުމުރުން 31 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަން ޓްވިޓާ މެދުވެރިކޮށް ބުނެފައެވެ.

އޭނާގެ ޓްވީޓްގައި ބުނެފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އަބަދުވެސް ހެޔޮ ދުއާކުރާ ކަމަށާއި އެ ފަރާތްތަކަށް އެހީވުމަށް އޭނާ އެހީވާން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ހަދިޔާ ކުރަނީ ކޮންދުވަހު ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

އެމެރިކާއާއި ކެރީބިއަންގެ ރަށްތަކަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ލޭޑީ ގާގާގެ އިތުރުން އެހެނިހެން ފަންނާނުން ވެސް ދަނީ އެހީވަމުންނެވެ. އެގޮތުން ކިމް ކާޑޭޝިއަން، ޖަސްޓިން ބީބާ އަދި ބިޔޯންސޭ ހިމެނެއެވެ.

ލޭޑީ ގާގާއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓްރެސްއެކެވެ. އޭނާ އަށް ވަނީ 6 ގްރެމީ އެވޯޑްސް ލިބިފައެވެ. ލޭޑީ ގަގާއަށް ވަނީ 3 ގްރެމީ އެވޯޑް، އަ ގޯލްޑެން ގްލޯބް އެވޯޑް އަދި 30 އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑް ވެސް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް