ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 10:10
އެންމެ އަގުބޮޑުކޮށް ވިއްކާލި "ރޫވެއާ" ބޯތަށި
އެންމެ އަގުބޮޑުކޮށް ވިއްކާލި "ރޫވެއާ" ބޯތަށި
ގޫގުލް
އެންމެ އަގުބޮޑު ބޯތަށި
"ރޫވެއާ" ބޯތައްޓެއް 38 މިލިއަން ޑޮލަރަށް ވިއްކާލައިފި
މި ބޯތަށި ވިއްކާލީ 38 މިލިއަން ޑޮލަރަށް
މި ބޯތައްޓަކީ މީގެ 1000 އަހަރު ކުރިން ޗައިނާގެ "ސޯންގް ޑައިނަސްޓީ" އިން ބޭނުން ކޮށްފައިވާ ބޯ ތައްޓެއް

ޗައިނާގެ "ރޫވެއާ" ބޯތައްޓެއް 38 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފިއެވެ.

މި ބޯތައްޓަކީ މީގެ 1،000 އަހަރު ކުރިން ޗައިނާގެ "ސޯންގް ޑައިނަސްޓީ" އިން ބޭނުން ކޮށްފައިވާ ބޯ ތައްޓެކެވެ. ފަސް އިންޗީގެ ނޫފެހި ކުލައިގެ މި ބޯތަށި ވިއްކާލާފައި ވަނީ ހޮންގް ކޮންގެ "ސޮތްބީ" ނީލަމުގައެވެ. މި ނީލަން ކާމިޔާބުކުރި ފަރާތް ހާމަކޮށްފައި ނުވާއިރު ނީލަން ފަށާފައި ވަނީ 10.2 މިލިއަން ޑޮލަރުންނެވެ. މި ނީލަން ކާމިޔާބުކުރި 38 މިލިއަން ޑޮލަރުގެ ބިޑް ހުށަހަޅާފައި ވަނީ ފޯނު މެދުވެރިކޮށެވެ.

"ސޮތްބީ" ގެ ޗައިނީސް އާޓްސްއާ ހަވާލުވެގެން ހުރި ނިކޮލަސް ޗާއޯ ބުނެފައި ވަނީ މި ބޯތައްޓަކީ ދުނިޔޭގައި ވަރަށް މަދު އެއްޗެއް ކަމަށާއި އަދި މިހާ އަގުބޮޑުކޮށް އެ ބޯތަށި ވިއްކާލެވޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އަދި ގިނަ ފަހަރު މިފަދަ ބޯތަށިތަކުގެ ފޭކް ހުންނަ ކަމަށާއި މުޅި ދުނިޔޭގައި ވެސް ހުންނަ ކަން އެނގިފައި ވަނީ "ސޯންގް ޑައިނަސްޓީ"ގެ އެންމެ ހަތަރު ބޯތަށި ކަމަށެވެ.

މިއީ މިހާތަނަށް ވިކުނު އެންމެ އަގުބޮޑު ބޯތަށި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން މީގެކުރިން މި ރެކޯޑު އޮންނަނީ 2014 ވަނަ އަހަރު ވިކުނު "މިންގް ޑައިނަސްޓީ"ގެ ތައްޓެއް ގަން ފަރާތުގެ އަތުގައެވެ. އެ ތަށި 2014 ވަނަ އަހަރު 36 މިލިއަން ޑޮލަރަށް ގަނެފައިވަނީ އިންވެސްޓަރެއް ކަމަށްވާ ލިއު ޔިކިއާންއެވެ. ލިއު ޔިކުއާން ކުރިން ޓެކްސީ ދުއްވި ނަމަވެސް އޭނާއަކީ މިހާރު ޗައިނާގައި ހުރި އެންމެ މުއްސަދި އަދި އެންމެ ގިނައިން ބޮޑުއަގު ދީފައި އާސާރީ ތަކެތި ގަންނަ މީހާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް