ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 10:47
ސްޓީވަން ޓައިލާ
ސްޓީވަން ޓައިލާ
ގެޓީ އިމޭޖަސް
ސްޓީވަން ޓައިލާ
ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ
ސްޓީވަން ވަނީ ޓުއާގެ 4 ޝޯ ކެންސަލްކޮށްފައި

މިދިޔަ މަހުގައި ސްޓީވަން ޓައިލާގެ ބޭންޑް ކަމަށްވާ "އެއިރޯސްމިތު" ވަނީ އެމެރިކާގައި ޓުއާއެއް ބާއްވާފައެވެ.  ސްޓީވަން ވަނީ އޭނާގެ ސައުތު އެމެރިކަން ޓުއާ ސިއްހީ ކުއްލި ފަރުވާކުރުމަށް ކަމަށް ބުނެ ޕާފޯމް ކުރަން ހަމަޖެހުނު ހަތަރު ޝޯ ކެންސަލް ކޮށްފައެވެ. އޭނާގެ ޑޮކްޓަރުންވަނީ ޓުއާގައި ޕާފޯމް ކުރުން މަނާކޮށްފައެވެ.

ސްޓީވަން އެ ޓުއާގެ ފަހު ހަތަރު ޝޯ ކެންސަލް ކުރުމާ ގުޅިގެން އެކި މީހުން ވަނީ އެކި ވާހަކަތައް އެކި ގޮތްގޮތަށް ދައްކާފައެވެ. އަދި 69 އަހަރުގެ ލަވަކިޔުންތެރިޔާގެ ސިއްހީ މައްސަލަތަކާ ހެދި ޓުއާ ކެންސަލް ކުރުމުން ބައެއް މީހުން ބުނެފައި ވަނީ އެ ޓުއާ ކެންސަލް ކުރީ އޭނާއަށް "ހާޓް އެޓޭކްެއް" ޖެހިގެން ކަމަށެވެ. އަދި އޭނާއަށް ފަރުވާ ބޭނުންވާނެތީ ޓުއާގައި ފަހުން ބައިވެރި ނުވީ ކަމަށް ވަނީ ބައެއް މީހުން ބުނެފައެވެ.

އެހެން ނަމަވެސް ސްޓީވަން ވަނީ މިދިޔަ ހޯމަދުވަހުގައި އޭނާގެ ބޭންޑް ކަމަށްވާ "އެއިރޯސްމިތު" ވެބްސައިޓުގައި އެއީ ދޮގެއް ކަމަށް ބުނެފައެވެ. ސްޓީވަން ބުނީ އޭނާގެ ޓުއާގައި 100،000 މީހުންގެ ކުރިމަތީ ކުރަން ހަމަޖެހުނު ޕާފޯމެންސް ނުދެއްކުނީތީ ފުންހިތާމައެއް ގެނުވައިފި ކަމަށާއި އެ ބޭންޑް އެހާ ރަނގަޅަށް އަދި މިހާތަނަށް ކުޅެފައި ނުވާ ކަމަށެވެ.

ސްޓީވަން އެ ސްޓޭޓުމަންޓުގައި ބުނެފައިވަނީ އޭނާ އަށް ހާޓްއެޓޭކެއް ނުޖެހޭ ކަމަށާއި އޭނާގެ ޓުއާ ކުރުކޮށްލަށް ޖެހުނީތީ މާފަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ޑޮކްޓަރުން އަލުން ޕާފޯމްކުރުމަށް ހުއްދަ ދިންހާ އަވަހަކަށް ފެނިގެންދާނެ ކަމަށް ސްޓީވަން ބުންނެވެ.

ސްޓީވަން ޑޮކްޓަރުންގެ ކައިރިން ފަރުވާ ހޯދަމުންދާ ކަމަށް ބުނެފައި ވީނަމަވެސް އޭނާ ފަރުވާހޯދަމުން ދަނީ ކޮން ބައްޔެއްގެ ސަބަބުންކަން ހާމަ ކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އޭނާ ބުނެފައިވަނީ ދިގު މުއްދަތެއްގެ ބައްޔެއްގެ ފަރުވާ އޭނާ ނުހޯދާކަމަށާއި އޭނާއަށް ލަފާދީފައިވަނީ އޭނާ ކުރުމަށްފަހު ބޭސް ކުރުމަށް ކަމަށެވެ. އަދި އެއަށްފަހު އޭނާ ވަރަށް އަވަހަށް ބެލުންތެރިންނާއި ބައްދަލުކުރާނެކަމަށް ސްޓީވަން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް