ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 12:27
ރައީސް އޮބާމާ އާއި މިޝެލް
ރައީސް އޮބާމާ އާއި މިޝެލް
ގެޓީ އިމޭޖަސް
އޮބާމާ-މިޝެލް
ރައީސް އޮބާމާ މިފަހަރު މިޝެލްއަށް "ސައިޕްރައިޒް" ދެއްވީ ވީޑިއޯއަކުން
އޮބާމާ އާއި މިޝެލްގެ ކައިވެންޏަށް ވަނީ 25 އަހަރު ފުރިފައި

އޮކްޓޯބަރު ތިން ވަނަ ދުވަހަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި މިޝެލް އޮބާމާގެ ކައިވެންޏަށް 25 އަހަރު ފުރުނު ދުވަހެވެ.

އަންގާރަދުވަހުގެ ރޭ ފިލަޑަލްފިއާގައި ބޭއްވި ޕެންސަވޭނިއާ ކޮންފަރެންސް ފޯ ވިމެންގައި އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ ވަނީ ބައިވެރިވަޑައިގެންފައެވެ.  އެ ކޮންފަރެންސަށް އޮބާމާ ފޮނުއްވި ވީޑިއޯގައި ވަނީ މިޝެލްއަށް ތަހުނިޔާ ވިދާޅުވެފައެވެ. 

އޮބާމާގެ ވީޑިއޯ ފެށުމުގެ ކުރިން ވަނީ ކޮންފަރެންސް ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލަން ޖެހުނީތީ މައާފަށް އެދިވަޑައިގެންފައެވެ.

އޮބާމާ ވިދާޅުވީ އެ ޕާޓީ ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލަން ޖެހުނީތީ މައާފަށް އެދިލައްވާ ކަމަށާއި މެދުކަނޑާލަންޖެހުނީ ކައިވެންޏަށް 25 އަހަރު ފުރުމުގެ ތަހުނިޔާ ކިޔުއްވުމަށް ކަމަށެވެ.

އަނބިކަނަބަލެއްގެ އިތުރުން މިޝެލްއަކީ ހަމައެކަނި ރަނގަޅު ރައްޓެއްސެއް ނޫން ކަމަށާއި އޭނާގެ ދަރިންނަށާއި މުޅި ގައުމަށް ނަމޫނާ ބޭކަނބަލެއް ކަމަށް އޮބާމާގެ ތަހުނިޔާ ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވެއެވެ. އަދި މީގެ އިތުރުން އޮބާމާ ވިދާޅުވީ މިޝެލް ކޮށްދެއްވާ ހުރިހާ ކަމެއް އޭނާ ބަލައިގަންނަ ކަމަށެވެ. އަދި އެކުގައި "ޑޭޓަކަށް" ދިއުމަށް ވަނީ ދައުވަތު ދެއްވާފައެވެ.

 ވީޑިއޯ ބެއްލެވުމަށް ފަހު މިޝެލް އެނބުރިވަޑައިގެން ހިނިތުންވުމަކާ އެކު އެތާ ތިބި ފަރާތްތަކާ ކުރިމަތިލެއްވި އިރު ލަދުފުޅުން "އަހަރެން އެންމެ ރަނގަޅުވާނީ ގެއަށް ދިއުން" ކަމަށް ވިދާޅުވިއެވެ. 

އޮބާމާގެ 2 މިނެޓާއި 17 ސިކުންތުގެ މި ވީޑިއޯ ފަހުން ވަނީ އޭނާގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރައްވާފައެވެ.

ވީޑިއޯ އަޕްލޯޑް ކުރެއްވުމަށް ފަހު ކެޕްޝަންގައި ވަނީ މިޝެލްއާ އެކު ޑޭޓަކަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވުމަކީ މިހާތަނަށް ނިންމެވި އެންމެ ރަނގަޅު ނިންމެވުން ކަމަށާއި މިޝެލް ދެކެ ވަރަށް ލޯބިފުޅުވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނު މިޝެލް ވެސް ވަނީ އިންސްޓަގްރާމުގައި އޮބާމާއަށް ކައިވެނީގެ ތަހުނިޔާ ފޮނުއްވާފައެވެ. މިޝެލް އާއި އޮބާމާގެ ކަޅާއި ހުދުގެ ކައިވެނީގެ ފޮޓޯއެއް އަޕްލޯޑްކުރެއްވި އެވެ. 

"25 އަހަރު ފުރުމުން ތަހުނިޔާ ކިޔަން. ގަރުނެއްގެ ހަތަރު ބައި ކުޅަ އެއްބައި ފާހަގަ ކުރަމުންދާއިރު އަދިވެސް ތީ އަހަރެންގެ ބެސްޓް ފްރެންޑް. އަދި ފިރިހެނުންގެ ތެރެއިން ދެވަނައެއް ނެތް މީހެއް. ވަރަށް ލޯބިވޭ،" ފޮޓޯގެ ކެޕްޝަންގައި މިހެންނެވެ.

އޮބާމާ އާއި މިޝެލް ކައިވެނި ބައްލަވައިގެންފައި ވަނީ އޮކްޓޯބަރ 3، 1992 ގައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް