ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 16:11
ޓޮމް ޕެޓީ
ޓޮމް ޕެޓީ
ގެޓީ އިމޭޖަސް
ޓޮމް ޕެޓީ
ރޮކް ސްޓަރ ޓޮމް ޕެޓީ މަރުވެއްޖެ
ޓޮމް ޕެޓީ މަރުވެފައި ވަނީ އުމުރުން 66 އަހަރުގައި

މަޝްހޫރު ރޮކް ސްޓާ އަދި އެކްޓަރ ޓޮމް ޕެޓީ މަރުވެއްޖެއެވެ.

ޓޮމް ޕެޓީ މަރުވެފައި ވަނީ ހޯމަ ދުވަހު ހިތް ހުއްޓިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ރޮކް ސްޓާ މަރުވުމާއި ގުޅިގެން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވެއެވެ.

އޭނާ މަރުވެފައިވާއިރު އުމުރަކީ 66 އަހަރެވެ.

ޓޮމް ޕެޓީ މަރުވުމާއި ގުޅިގެން މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްހޫރު ފަރާތްތަކުން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

އެގޮތުން މަޝްހޫރު މިއުޒީޝަން ޖެކް އެންޓޮނޮފް ބުނެފައިވަނީ ޓޮމް ޕެޓީ ގެ މަސައްކަތަށް އޭނާ ލޯބިކުރާކަމަށާއި އޭނާ ދަސްކޮށްދީފައިވާ ކަންތައްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

ޓޮމް ޕެރީ މަރުވިއިރު ދުނިޔޭގައި ދެ ކުދިން އެބަތިއްބެއެވެ. އެއީ އާލް ޕެޓީ އަދި ކިޓީ ޕެޓީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް