ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 12:00
ޑިޓިއުން ބޭންޑް
ޑިޓިއުން ބޭންޑް
ފޭސްބުކް
ޑިޓިއުން
ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: 23 އަށް ވުރެ ގިނަ ވީޑިއޯ ލިބުނު
ވަނަ ހޮވާނީ ދެ ހަފްތާ ފަހުން

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޑިޓިއުން ބޭންޑުން ހުޅުވާލި "ނަށާލާ ކަވަރ ޗެލެންޖް" ގެ މުއްދަތު ހަމަވިއިރު 23 އަށް ވުރެ ގިނަ ވީޑިއޯ ލިބިފައިވާ ކަމަށް އެ ބޭންޑުން ބުނެފިއެވެ.

ޑިޓިއުން އިން ބުނީ އެންމެ މޮޅު ޗެލެންޖް ހޮވާނީ ގާތްގަނޑަކަށް  ދެހަފްތާ ފަހުން ކަމަށެވެ. ޗެލެންޖުން ހޮވުނު ފަރާތެއް ޑިޓިއުންގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހާމަ ކުރާނެ އެވެ. 

ޑިޓިއުން އިން 2015 ވަނަ އަހަރު ނެރެފައިވާ "ނަށާލާ" ލަވައަކީ ދިވެހިންގެ ތެރޭގައި މިހާރުވެސް މަގުބޫލު ލަވައެކެވެ. ޑިޓިއުން އިން ހުޅުވާލި މި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަމިއްލަ ހިޔާލު ބޭނުން ކޮށްގެން ވީޑިއޯއެއް ތައްޔާރު ކުރުމަށް ފަހު ބޭންޑްގެ ފޭސްބުކް ޕޭޖަށް ޑައިރެކްޓް މެސެޖެއް ފޮނުވުމުން އެ ޗެލެންޗުގައި ބައިވެރިވެވުނީއެވެ. އެހެން ނަމަވެސް މިހާރު ވަނީ މުއްދަތު ހަމަވެފައެވެ.

ކަވަރ ފޮނުވާ ފަރާތްތަކުގެ ތެރެއިން ގަދަ ދޭއް ހޮވާނެ ކަމަށް ބޭންޑުން  ވަނީ ބުނެފައެވެ. އަދި ގަދަ ދޭކަށްދާ ކަވަރތައް ހުށަހެޅި ފަރާތްތަކަށް ބޭންޑާ އެކު، ރިސޯޓެއް އަދި މާލޭގައި، ސްޓޭޖް މަތީ ޕަރޕޯމް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ޑިޓިއުންއިން ބުންޏެވެ.އަދި "ވަން ޑައުން" އަލްބަމްގެ ސޮއި ކޮށްފައިވާ ކޮޕީއެއް ވެސް އެ ދެ ފަރާތަށް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް