ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 11:28
ޖުޅްވާ 2 ގެ ޕޯސްޓަރ
ޖުޅްވާ 2 ގެ ޕޯސްޓަރ
ގެޓީ އިމޭޖަސް
"ޖުޅްވާ2"
"ޖުޅްވާ2": ފާޑު ކިޔުންތަކާއި ހެދިވެސް ކާމިޔާބު
މި ފިލްމު އުފެއްދުމަށް ގޮސްފައިވަނީ 65 ކުރޯޑް އިންޑިއަން ރުޕީސް
މިހާތަނަށް ލިބިފައިވަނީ 58.02 އިންޑިއަން ކުރޯޑް ރުޕީސް

ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސިނަމާތަކަށް އައި "ޖުޅްވާ2" ފާޑު ކިޔުންތަކާއި ހެދިވެސް ދަނީ ކާމިޔާބު ލިބެމުންނެވެ.

މި ފިލްމަށް ފާޑު ކިޔާފައިވަނީ ފިލްމުގެ ވާހަކަ ހަމަ ނުޖެހޭކަމަށާއި ހަމަ އެކަނި ކޮމެޑީ ފިލްމުތަކަކީ ބެލުންތެރިން ބަލައިގަންނާނެ ފިލްމެއް ނޫން ކަމަށް ބުނެ އެނަލިސްޓުން ދިޔައީ ފާޑު ކިޔަމުންނެވެ.

އެހެން ނަމަވެސް ބެލުންތެރިން ވަނީ މި ފިލްމު ބަލައިގަނެފައެވެ. މި ފިލްމު އެޅުވިތާ 4 ދުވަސް ވެފައިވާއިރު މިހާތަނަށް ލިބިފައިވަނީ 58.02 އިންޑިއަން ކުރޯޑް ރުޕީސްއެވެ.

އެއީ މި ފިލްމު އުފައްދަން ދިޔަ ޚަރަދާއި ދާދި އެއްވަރެކެވެ. މި ފިލްމު އުފެއްދުމަށް ގޮސްފައިވަނީ 65 ކުރޯޑް އިންޑިއަން ރުޕީސްއެވެ. އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމު އުފެއްދުމަށް ދިޔަ ޚަރަދު ލިބި ފައިދާވާނެކަމަށް ވަނީ ބެލެވިފައެވެ.

"ޖުޅްވާ2" އަކީ މީގެ 20 އަހަރު ކުރިން ވަރުން ދާވަންގެ ބައްޕަ ޑޭވިޑް ސަލްމާނާއެކީ ހެދި ފިލްމު "ޖުޅްވާ" ގެ ދެވަނަ ބައެވެ.

މި ފިލްމުގައި ވަރުންފެނިގެންދަނީ އެއްމާބަނޑު ދެމީހެއްގެ ރޯލުންނެވެ. އެއީ ރާޖާ އާއި ޕްރޭމް ކިޔާ ދެމީހެއްގެ ރޯލުންނެވެ. މި ފިލްމުގައި ވަރުންގެ އިތުރުން ފެނިގެންދަނީ ޖެކުއިލިން އާއި ތާޕްސޫ ޕައްނޫ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް