ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 11:26
ކޮފީ ވިތު ކަރަންގެ 5 ވަނަ ސީޒަނުގައި ރަންބީރު ކަޕޫރުއ ަދި ރަންވީރު ސިންހް
ކޮފީ ވިތު ކަރަންގެ 5 ވަނަ ސީޒަނުގައި ރަންބީރު ކަޕޫރުއ ަދި ރަންވީރު ސިންހް
ގޫގުލް
ކޮފީ ވިތު ކަރަން
ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން ސީޒަން 6" ފަށަނީ
މިސީޒަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވޭ

މަޝްހޫރު ޑައިރެކްޓަ އަދި ޕްރެޒެންޓަ ކަރަން ޖޯހަރު ޕްރެޒެންޓް ކުރާ ޝޯ "ކޮފީ ވިތު ކަރަން" އަކީ އެތައް ބައެއްގެ މަގުބޫލުކަމެއް ލިބިފައިވާ ޝޯއެކެވެ.

މި ޝޯގެ އެންމެ ފަހުން ގެނެސްދީފައިވަނީ ފަސްވަނަ ސީޒަނެވެ.

ސެލިބްރިޓީންނާއެކު ގެނެސްދޭ މި ޝޯގެ ހަ ވަނަ ސީޒަން ފަށާނެ ކަމަށް ކަރަން އިއުލާންކުރީ އިންޓަނޭޝަނަލް ކޮފީ ޑޭގެ ގޮތުގައި ފާހަގަ ކުރާ އޮކްޓޯބަރު 1 ވަނަ ދުވަހު ކުރި ޓްވީޓަކުންނެވެ. އެ ޓްވީޓެއްގައި ބުނެފައި ވަނީ ބުނެފައިވަނީ  ފަހަރެއްގައި ސްޕެލިން ބަދަލުކޮށްލި ކަމުގައިވިޔަސް ބާކީ ހުރި އެއްޗިއްސަށް ލޯބިވާކަމަށެވެ. 

"ކޮފީ ވިތު ކަރަން"ގެ ކޮންމެ ސީޒަނެއްގައި ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ކަރަން ގެނެސްދެއެވެ. އެގޮތުން ކޮންމެ ސީޒަނެއްގެވެސް ޝޯގެ އެޕިސޯޑްތައް ފެށުމަށް ތަފާތު ގޮތަކަށް ކޮންމެވެސް ކަމެއް ކުރެއެވެ.

"ކޮފީ ވިތު ކަރަން ސީޒަން 6" ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މި ސީޒަންގައި ފެންނާނީ ކާކު ކަމެއް އަދި ނޭނގެއެވެ.

މީގެ ކުރިން އަޑުތައް ފެތުރިފައި ވަނީ ކޮފީ ވިތު ކަރަންގެ މިފަހަރުގެ ފުރަތަމަ ސީޒަންގައި ޖަސްޓިން ބީބާ ފެންނާނެކަމަށެވެ. އެހެން ނަމަވެސް ޖަސްޓިން ބީބާ އޭނާގެ އިންޑިއާ ޓުއާ މެދުކަނޑާލުމަށްފަހު އިންޑިއާއިން ދިއުމުން އެ ފުރުސަތު ނުލިބުނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ ފަހުން އަޑުތައް ފެތުރުނީ "ކޮފީ ވިތު ކަރަން ސީޒަން6" ގެ ފުރަތަމަ އެޕިސޯޑުން ފެނިގެންދާނީ ޕާކިސްތާނުގެ އެކްޓަރެއްކަމަށްވާ ފަވާދް ޚާން އާއި ދީޕިކާ ޕަދުކޯން ނުވަތަ އާލިއާ ބަޓް ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް