ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 18:51
 ޑެސިލިން ވިކްޓަރ ވަނީ ވޯޓްލުމަށްޓަކައި ކިއުގައި 6 ގަޑިިއިރު ހޭދަކޮށްފައި
ޑެސިލިން ވިކްޓަރ ވަނީ ވޯޓްލުމަށްޓަކައި ކިއުގައި 6 ގަޑިިއިރު ހޭދަކޮށްފައި
ޓްވިޓަރ
ޑެސިލިން ވިކްޓަރ މަރުވުން
ވޯޓްލުމަށް ހިތްވަރު ދިނުމުން އޮބާމާގެ ތައުރީފް އޮހުނު އަންހެނާ 106 އަހަރުގައި މަރުވެއްޖެ
ޑެސިލިން ވިކްޓަރ ވަނީ ވޯޓްލުމަށްޓަކައި ކިއުގައި 6 ގަޑިިއިރު ހޭދަކޮށްފައި
އޭނާއަށް ވޯޓްލުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ 2008 ވަނަ އަހަރު
ވޯޓަރސް އެޑިއުކޭޝަންއަށް ޚާއްސަ ފައުންޑޭޝަނެއްވެސް އޭނާގެ ނަމަށް ނިސްބަތްކޮށް ހަދާފައިވޭ

ދެހާސް ބާރަ ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓް ލުމަށްޓަކައި، އެތައް ގަޑިއިރުތަކެއް ވަންދެން ކިއުގައި ހުރި ޑެސިލިން ވިކްޓަރ އަށް އެ ވޯޓަށް ފަހު ލިބިގެންދިޔައީ ބޮޑު ސަޕްރައިޒެކެވެ.

ރައީސް ބަރަކް އޮބާމާގެ ފުރަތަމަ ރިޔާސީބަޔާން އިއްވެވި ދުވަހު އޭރު އުމުރުން 102 އަހަރުގެ ޑެސިލިން އަށްވަނީ ފަސްޓްލޭޑީ އިންނަވާ ސަފުގައިން އިންނަވަން ދައުވަތުދެއްވާފައެވެ.

"އަޅުގަނޑުމެން ޖެހޭ މައާމީއަށް އުފަން އަންހެނެއް ކަމަށްވާ ޑެސިލިން ވިކްޓަރ ނަމޫނާއަކަށް ބަލަން" ފެބުރުއަރީ 12، 2013ގައި ރައީސް އޮބާމާ ދެއްވި ތަގުރީރުގައި ވިދާޅުވިއެވެ." ވޯޓްލުމަށްޓަކައި ވޯޓްލާ މަރުކަޒަށް ޑެސިލިން އައިއިރު ވޯޓް ލުމަށްޓަކައި މަޑުކޮށްލުމަށް ބުނި، ހައެއްކަ ގަޑިއިރުވެސް ނަގާފާނެ ކަމަށް. ފާހަގަ ޖެހުމާހަމައަށް އޭނާގެ ކަންބޮޑުވުމަކީ އޭނާގެ ހަށިގަނޑު ވަރުބަލިވުމެއް ނޫނީ ފައިގަ ރިހުމެއް ނޫން. އެކަމަކު އޭނާގެ ބޭނުމަކަށްވީ އޭނާ ކަހަލަ އާއްމު ފަރުދެއްގެ ބަސް ވެސް އެކަމުގައި އޮތުން.ގަޑިއަކަށް ފަހު ގަޑިއެއް ފާއިތުވަމުން ދިޔައިރު އޭނާއަށް ތާއީދުކޮށް އޭނާގެ ފަހަތުން އެހެން މީހުން ސަފަށްއެރި.ސަބަބަކީ އޭނާއަކީ 102 އަހަރުގެ ދުވަސްވީ މީހަކަށްވާތީ.އޭނާއަށް ވޯޓްލެވި"އަހަރެން ވޯޓްލައިފިން"ކަމަށް ބުނާ ސްޓިކާ ލިބުމާއެކު އެންމެ އުފަލުން ފަޅައިގެންދިޔަ"

"މާމަ"ގެ ނަމުން އެނގިގެންދިޔަ ވިކްޓަރ ވޯޓްލުމަށް އޭނާ ބާރުއެޅި މިންވަރުން އޭނާވަނީ ސެލިބްރިޓީއަކަށް ވެގެންގޮސްފައެވެ.

އޭނާގެ ނަމުން ނަންދެވިގެން ވޯޓަރސް އެޑިއުކޭޝަންއަށް ޚާއްސަ ފައުންޑޭޝަނެއްވެސް ވަނީ އުފައްދާފައެވެ.

އުމުރުން 106 އަހަރުގައި ވިކްޓަރ މަރުވެފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.މައާމީގައި ދިރިއުޅުނު ވިކްޓަރ އަކީ 1910 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ހެއިޓީއަށް އުފަންވި މީހެކެވެ. ހެއިޓީއަކީ 1957 ވަނަ އަހަރާ ހަމައަށްވެސް އަންހެނުންނަށް ވޯޓްލުމުގެ ހައްގު އޮންނަ ގައުމެއް ނޫނެވެ.އޭގެ ފަހުންވެސް އެއީ ހައްގެއްކަމަށް ވިކްޓަރއަށް އިހުސާސެއް ނުކުރެވެއެވެ.

"ހެއިޓީގައި އަހަރެން ވޯޓެއް ނުދެން.އެއީ ރައްކާތެރިކަމެއް ނޫން"2013 ވަނަ އަހަރު ރިޕޯޓަރުންނަށް އޭނާ ބުނެފައިވެއެވެ. "މި ގައުމުގަ އަހަންނަށް އެބަ އޮތް ވޯޓް ލުމުގެ ހައްގު. ހެއިޓީގަ އަހަންނަކަށް ނެތް"

ވިކްޓަރ ވަނީ 1989 ވަނަ އަހަރު އެމެރިކާ އެމްބަސީން ވިސާހޯދައިގެން ވަޒީފާ ހޯދުމަށް މައާމީއަށް ބަދަލުވެފައެވެ.

އެމެރިކާގައި ދަނޑުވެރިއެއްގެ ވަޒީފާ އަދާކުރި ވިކްޓަރ އެންމެ ފުރަތަމަ ވޯޓް ލާފައިވަނީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައެވެ. އޭރު އޭނާގެ އުމުރަކީ 97 އަހަރެވެ.އޭނާއަށް އެމެރިކާގެ ރަށްވެހިކަން ލިބިފައިވަނީ 2005 ވަނަ އަހަރުއެވެ.2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ހުރީ އޮބާމާއަށް ވޯޓްލުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް