Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 21:15
ބާ އިމްތިހާނުން ފާސްވި ފަރާތްތަކެއް ވަކީލު ކަމުގެ ހުވާ ކުރަނީ
ބާ އިމްތިހާނުން ފާސްވި ފަރާތްތަކެއް ވަކީލު ކަމުގެ ހުވާ ކުރަނީ
ދިވެހިރާއްޖޭގެ ބާ ކައުންސިލް
ބާރ ކައުންސިލް
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
ބާ ކައުންސިލްގެ އިމްތިހާނުގައި 136 ކެންޑިޑޭޓުންގެ ތެރެއިން 47 ޕަސެންޓު ދަރިވަރުން ފާސްވެފައިވާއިރު 53 އިންސައްތަ ފެއިލްވެއްޖެ
މި އިމްތިހާނުން ފާސްވި ކެނޑިޑޭޓުންގެ އަދަދު މަދުކަމަކީ ރާއްޖޭގެ ގާނޫނީ ތައުލީމުގެ ދާއިރާއިން ވިސްނަންޖެހޭ މައްސަލައެއް

މިދިޔަ އޮކްޓޫބަރު 11 ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބޭއްވި ބޭއްވި އިމްތިހާނުން ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް، 53 އިންސައްތަ ކެނޑިޑޭޓުން ފާސް ނުވާކަމަށް ބާ ކައުންސިލުން ހާމަކޮށްފި އެވެ.

ބާ ކައުންސިލުން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، މި އިމްތިހާނުގައި ބައިވެރިވި 136 ކެންޑިޑޭޓުން ގެ ތެރެއިން ގާނޫނީ ދާއިރާ އަށް ވަނުމަށް ބޭނުންވާ މިންވަރަށް ފާސްވީ އެންމެ 47 ޕަސެންޓު ކެނޑިޑޭޓުންނެވެ.

މި އިމްތިހާނު ގައި ބައިވެރިވި ކެންޑިޑޭޓުން ގެ ތެރެއިން 81 އިންސައްތައަކީ ރާއްޖޭ ގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްގެން މި އިމްތިހާނުގައި ބައިވެރިވެފައިވާ މީހުންނެވެ. ބާކީ 19 އިންސައްތައަކީ ބޭރުގެ ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްފައިވާ މީހުންކަން ބާ ކައުންސިލުން ހާމަކުރި އެވެ.

ގާނޫނީ ހިދުމަތް ދިނުމުގެ ގާބިލުކަން ކަށަވަރުކުރުމަށް ބާއްވާ މި އިމްތިހާނަކީ ކެންޑިޑޭޓުންގެ އިލްމާއި ހުނަރު ވަޒަންކުރުމަށް ބާއްވާ ވަރަށް މުހިންމު އިމްތިހާނެކެވެ. މި އިމްތިހާނުގައި ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ލޭންޑް ލޯ، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި ދިވެހި ލީގަލް ސިސްޓަމް ފަދަ ހަ ދާއިރާއަކުން ކެންޑިޑޭޓުންގެ ގާބިލުކަން ވަޒަންކުރެ އެވެ.

ބާ ކައުންސިލުން ހާމަކުރި ގޮތުގައި މިއަހަރުގެ އިމްތިހާނަކީ އިންޓަނޭޝަނަލް ޓެސްޓިން ކޮލިޓީ ސްޓޭންޑަޑުތަކަށް ފެތޭ އިމްތިހާނަކަށް ހެދުމަށްޓަކައި، ގިނަ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ލިބިފައިވާ އިމްތިހާނެކެވެ. މިއީ ގާނޫނީ ދާއިރާގެ މާހިރުންގެ ހުނަރާއި ގާބިލުކަން ރާއްޖޭގެ ގާނޫނީ ނިޒާމަށް ބޭނުންވާ މިންވަރަށް ހުރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި އިމްތިހާނުގެ ނަތީޖާތަކުން ދައްކާ ގޮތުގައި ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް ފާސްވާ މީހުން ގެ އަދަދު މަދުކަމަކީ، ރާއްޖޭގެ ތައުލީމީ ދާއިރާއިން ވިސްނަންޖެހޭ މައްސަލައެކެވެ.

ބާ އިމްތިހާނުން އެންމެ މަތީ ވަނަ ހާސިލުކުރި ނުވަ ދަރިވަރުންނަކީ:

  • މުއިއްޒު އިބްރާހިމް - ވިލާ ކޮލެޖު
  • އަލީ މުރާދު - ވިލާ ކޮލެޖު
  • މަރިޔަމް އިފާސާ - ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
  • މުހައްމަދު ދާއިން އަހުމަދު - ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
  • އަލީ ޝިފާއު - އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
  • މަރިޔަމް ސައިފާ ރަޝީދު - ޔުނިވާސިޓީ އޮފް މެންޗެސްޓާ
  • މުހައްމަދު އުމައިރު އިސްހާގު - ޓޭލާސް ޔުނިވާސިޓީ
  • އަހުމަދު މާހިން ހަސަން - ޔުނިވާސިޓީ އޮފް ޔޯކް
  • މުހައްމަދު އަލްތަފް އަލީ - ޔުނިވާސިޓީ އޮފް ވޯރިކް
- ކޮމެންޓް