Advertisement
ކ. މާލެ
|
3 ޑިސެންބަރ 2025 | ބުދަ 07:17
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމް
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމް
އީޕީއޭ
އެމެރިކާ
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކްރިސްޓީ ނޯއެމް ވިދާޅުވީ ޖިނާއީ ކުށްވެރިންނާއި މުޖުތަމަޢަށް ބުރައަކަށްވާ މީހުން ފޮނުވަމުންދާ ގިނަ ގައުމުތަކުގެ މީހުން އެމެރިކާ އަށް ދަތުރުކުރުން މުޅިން މަނާކުރުމަށް ރައީސް ޓްރަމްޕާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މިހާރު 19 ގައުމެއް މި ލިސްޓު ގައި ހިމެނިފައިވާއިރު، ލިސްޓުގައި އިތުރު ގައުމުތައް ހިމެނުމުން އެ އަދަދު 30 އަށްވުރެ އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަން ހުށަހަޅުއްވާނެ ކަމަށް އެ ގައުމުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ކްރިސްޓީ ނޯއެމް ވިދާޅުވެފައި ވަނީ، "ޖިނާއީ ކުށްތަކުން އެމެރިކާ ފުރާލަމުންދާ ކަމަށް ބުނާ ގިނަ ޤައުމުތަކުގެ މީހުން އެމެރިކާ އަށް ދަތުރުކުރުން މުޅިން މަނާ ކުރަން،" ހުށަހަޅުއްވާނެ ކަމަށެވެ.

ހޯމަ ދުވަހު ސޯޝަލް މީޑިއާ ގައި ލިޔުއްވަމުން ނޯއެމް ވިދާޅުވެފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކުރައްވާފައިވާ ކަމަށާއި، އެމެރިކާ އަށް "ގާތިލުންނާއި، މުޖުތަމަޢަށް ބުރައަކަށްވާ މީހުންނާއި، ޙައްޤު ނޫން ކަންކަމަށް ދަހިވެތިވެގެން އުޅޭ މީހުން ގިނަ ޢަދަދަކަށް ފޮނުވަމުންދާ ކޮންމެ ޤައުމެއް،" ގެ މީހުން އެމެރިކާ އަށް ދަތުރު ނުކުރެވޭނެ ގޮތް ހެދުމަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

ޓްރަމްޕް އާއި ޑިޕާޓްމަންޓް އޮފް ހޯމްލޭން ސެކިއުރިޓީ (ޑީ.އެޗް.އެސް.) އިން ވަނީ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ނޯއެމް ގެ ޕޯސްޓް ހިއްސާކޮށްފައެވެ.

ލިސްޓަށް އިތުރުވަނީ ކޮން ގައުމުތަކެއް ކަމެއް އަދި، އެ ގޮތައް އަމަލު ކުރަން ފެށޭނެ ތާރީޚެއް އަދި ސާފެއް ނުވެއެވެ. ޑީ.އެޗް.އެސް. އިން ބީ.ބީ.ސީ. އަށް ބުނީ، އެ ލިސްޓް ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމަށެވެ.

ހޯމަ ދުވަހުގެ ހަވީރު ވައިޓް ހައުސްގެ ނޫސްވެރިންގެ ތަރުޖަމާނު ކެރޮލައިން ލީވީޓް ފޮކްސް ނިއުސް އަށް ވިދާޅުވީ، ޓްރަމްޕް ވަނީ މަހެއްހާ ދުވަސް ކުރިން "ތިންވަނަ ދުނިޔޭގެ ގައުމުތައް" އަދި "ފެއިލްވެފައިވާ ދައުލަތްތަކަށް" ނިސްބަތްވާ މީހުން އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރުން އިޢުލާންކުރައްވާފައި ކަމަށާއި، ނޯއެމް ގެ ހުށަހެޅުމުގެ ސަބަބުން އެ މަނާ ކުރުން އިތުރު ޤައުމުތަކަކަށް ފުޅާވެގެންދާނެ ކަމަށެވެ.

ޖޫން 4 ގައި ވައިޓް ހައުސް އިން 19 ޤައުމެއްގެ ލިސްޓެއް ނެރެފައިވާއިރު، އެ ޤައުމުތަކުގެ ތެރޭގައި ގިނައީ އެފްރިކާ، މެދުއިރުމަތި އަދި ކެރިބިއަން ސަރަޙައްދުގެ ޤައުމުތަކެވެ. އެ ޤައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެެރެވުން މުޅިން މަނާ ވާއިރު ބައެއް ގައުމުތަކުގެ މީހުންނަށް ދަތުރު ކުރުމުގައި ހުރަސް އެޅޭނެ އެވެ.

ނޯއެމް އިތުރުކުރައްވާ ޤައުމުތަކާއެކު އެ ލިސްޓް ޖުމްލަ 30 އަށްވުރެ ގިނަ ޤައުމުތަކަކަށް އަރާނެ ކަމަށް، ބީ.ބީ.ސީ.ގެ އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ސީ.ބީ.އެސް. ނިއުސް އަށް އެމެރިކާގެ ގިނަ އޮފިޝަލުން ވިދާޅުވެފައިވެއެވެ.

ނޯއެމް މިކަން ހާމަ ކުރެއްވި އިރު މިދިޔަ ބުދަ ދުވަހު ވޮޝިންގްޓަން ޑީ.ސީ.ގައި ދެ ނެޝަނަލް ގާޑު މެންބަރުންގެ ގަޔަށް ބަޑިޖެހި ހާދިސާ އެއް ވަނީ ހިނގާފަ އެވެ.

ޑީ.ސީ.ގެ ބަޑިޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާއަކީ އެފްޣާން ރައްޔިތެއް ކަމަށާއި، އޭނާ އެމެރިކާ އަށް ވަދެފައިވަނީ 2021 ވަނަ އަހަރު ކަމަށް އޮފިޝަލުން ހާމަކުރި އެވެ.

މިހާރު އެމެރިކާ އަށް ދަތުރުފަތުރު ކުރުން މުޅިން މަނާ ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ 12 ގައުމަކީ:

  1. އަފްޣާނިސްތާން
  2. ބަރުމާ
  3. ޗާޑް
  4. ރިޕަބްލިކް އޮފް ދަ ކޮންގޯ
  5. އިކުއެޓޯރިއަލް ގިނިއާ
  6. އެރިޓްރިއާ
  7. ހެއިޓީ
  8. އީރާން
  9. ލީބިޔާ
  10. ސޮމާލިއާ
  11. ސޫދާން
  12. ޔަމަން
މަސްދަރު: ބީބީސީ
- ކޮމެންޓް