Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 14:22
ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޮފް އަދި ރަޝިޔާގެ ރައީސް ޕުޓިން
ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޮފް އަދި ރަޝިޔާގެ ރައީސް ޕުޓިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
ލެވިޓް ވިދާޅުވެފައި ވަނީ، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން އަދި ޔުކްރެއިން ސަރުކާރުގެ އިސް އޮފިޝަލުން އާދީއްތަ ދުވަހު ފްލޮރިޑާގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޮފް ގެންދަވަނީ ރަޝިޔާ އަށް ވަޑައިގަންނަވަން ތައްޔާރު ވަމުން ކަމަށް ވެސް ލެވިޓް ވިދާޅުވި އެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލައި، ހަނގުރާމަ ނިންމުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުގެ އުންމީދު ވަރަށް ބޮޑުވެފައިވާ ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފި އެވެ.

ހޯމަ ދުވަހު ވައިޓް ހައުސް އިން މިހެން ބުނެފައިވާއިރު، އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރެއްވުމަށް ފުރާ ވަޑައިގަންނަވަން އަންނަނީ ތައްޔާރު ވަމުންނެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވީ، އެއްބަސްވުމާ މެދު އެމެރިކާ ސަރުކާރުން ދެކެނީ އުންމީދީ ގޮތެއްގައި ކަމަށެވެ. އަދި އެކަމަކީ އެމެރިކާގެ ރައީސް ޓްރަމްޕް އާއި، އޭނާގެ ޓީމުން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން އަންނަ ކަމެއް ކަމަށް ވެސް ލެވިޓް ވަނީ ވިދާޅުވެފަ އެވެ. އަދި ހުރިހާ ބޭފުޅުން ވެސް ބޭނުން ވަނީ، ވީ އެންމެ އަވަހަކަށް ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް ލެވިޓް ވިދާޅުވެފައި ވަނީ، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން އަދި ޔުކްރެއިން ސަރުކާރުގެ އިސް އޮފިޝަލުން އާދީއްތަ ދުވަހު ފްލޮރިޑާގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޮފް ގެންދަވަނީ ރަޝިޔާ އަށް ވަޑައިގަންނަވަން ތައްޔާރު ވަމުން ކަމަށް ވެސް ލެވިޓް ވިދާޅުވި އެވެ.

ޓްރަމްޕްއާ ޚާއްސަ ގާތް ކަމެއް އޮންނަ ވިޓްކޮފް ވަނީ، އާދީއްތަ ދުވަހު ޔުކްރެއިން ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ފަހުން ހޯމަ ދުވަހު ވެސް ވަނީ، އޭގެ ބައްދަލުވުމެއް ކުރިއަށް ގެންދަވައިފަ އެވެ.

ޔުކްރެއިންގެ ސަރުކާާރުން މަޝްވަރާ ތަކުގައި ބައިވެރި ވަމުން އަންނަ ރުސްޓެމް އޮމެރޮވް ވިދާޅުވެފައި ވަނީ، އެ މަޝްވަރާ ތަކުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދިފައިވާ ކަމަށެވެ. ނަމަވެސް، އަދި ވެސް މައްސަލަތައް ހުރި ކަމަށާއި، އެ މައްސަލަތައް ހައްލު ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޓްރަމްޕްއާ ދެމެދު މީގެ ދުވަސް ކޮޅެއް ކުރިން ގިނަ މަޝްވަރާ ތަކެއް ކުރެވިފައި ވަނިކޮށް، ޔުކްރެއިންގެ ބިމުގެ ސަރަހައްދުން ބައެއް ރަޝިޔާ އަށް ދޫކޮށްލުމަށް ޓްރަމްޕް ގޮވާލެއްވުމުން ޒެލެންސްކީ ވަނީ އެކަމާ ނުރުހުންވެފަ އެވެ. އަދި އެ ގޮވާލެއްވުމަށް ޒެލެންސްކީ ވަނީ އިންކާރު ވެސް ކުރައްވައިފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރުމަށް އެމެރިކާ އިން ވަނީ ޕްލޭނެއް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމާ މެދު ޔުކްރެއިން އާއި، ޔޫރަޕުގެ ޤައުމު ތަކުން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، ގިނަ ބަޔަކު ތުހުމަތު ކޮށްފައި ވަނީ އެއީ ރަޝިޔާ އަށް ފައިދާވާ ގޮތަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް