Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 11:50
ހައުސިން ކޮމްޕްލެކްސްގައި އަލިފާން ރޯވެފައި
ހައުސިން ކޮމްޕްލެކްސްގައި އަލިފާން ރޯވެފައި
ރޮއިޓަރސް
ހޮންކޮންގް
ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ
ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ވަންގް ފުކް ކޯޓް ހައުސިން ކޮމްޕްލެކްސްގައި އަލިފާނުގެ ހާދިސާ ގައި އިމާރާތުގެ މަތީ ފަންގިފިލާ ތަކުގައި ތަޅުލައިގެން ތިބި މީހުންނާ ހަމައަށް ދިޔުމަށް އަލިފާން ނިއްވުމަށް މަސައްކަތް ކުރާ އޮފިޝަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، އެކަމުގައި އެ އޮފިޝަލުންނަށް ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތިވާ ކަމަށް ބުނެފައިވޭ.

ހޮންކޮންގްގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މިހާތަނަށް 44 މީހުން މަރުވެފައިވާ ކަމަށާއި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އިދާރާ ތަކުން ހާމަ ކޮށްފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، އަލިފާނުގެ މި ހާދިސާ އަކީ ރައްކާތެރި ކަމުގެ މިންގަނޑުތަކާ ނުގުޅޭ އާލާތް ތަކެއް ބޭނުން ކޮށްގެން ކޮންސްޓްރަކްޝަން ކުންފުންޏަކުން ވަރަށް ފަރުވާ ކުޑަކޮށް ހިންގި މަސައްކަތުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ.

ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ވަންގް ފުކް ކޯޓް ހައުސިން ކޮމްޕްލެކްސް ގައި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު، އަދި ވެސް އަލިފާންގަނޑު ނިއްވާލެވިފައި ނުވެ އެވެ. އިމާރާތުގެ މަތީ ފަންގިފިލާ ތަކުގައި ތަޅުލައިގެން ތިބި މީހުންނާ ހަމައަށް ދިޔުމަށް އަލިފާން ނިއްވުމަށް މަސައްކަތް ކުރާ އޮފިޝަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، އެކަމުގައި އެ އޮފިޝަލުންނަށް ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތިވާ ކަމަށް ބުނެފައިވެ އެވެ.

ޚާއްސަކޮށް އަލިފާންގަނޑު ބޮޑުވުމުގެ ސަބަބުން ފެތުރިފައިވާ ދުންތަކާއި، ހޫނު ގަދަކަން އިންތިހާ އަށް އިތުރުވެފައި ވުމުގެ ސަބަބުން، އެ މީހުންނަށް އިތުރު ގޮން ޖެހުން ތަކެއް ކުރިމަތި ވަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި އިމާރާތް ތަކުގެ ބޭރުގައި ރައްކާތެރި ކަމުގެ މިންގަނޑުތަކާ ނުގުޅޭ ޕްލާސްޓިކާއި، ޕްރޮޓެކްޓިވް މެޝް ޝީޓުތައް ބޭނުން ކޮށްފައިވާ ކަމަށެވެ. އިތުރަށް ކުރިއަށް ގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އަލިފާން ނުހިފާ އިމާރާތެއްގެ ބައެއް ކުޑަ ދޮރުތައް ފޯމް މެޓީރިއަލް ބޭނުން ކޮށްގެން ސީލް ކޮށްފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ހޮންކޮންގް ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން އައިލީން ޗަންގް ވިދާޅުވީ، މަސައްކަތް ކޮށްފައިވާ ކުންފުނިން ވަތަށް ބޮޑަށް ފަރުވާ ކޮށްފައިވާ ކަމަށާއި، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ އެއީ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އުނދަގޫވާ މިންވަރަށް ފެތުރި، ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި ކުންފުންޏަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެއީ ކުންފުނީގެ ދެ ޑައިރެކްޓަރަކާއި އިންޖިނިއަރިންގ ކޮންސަލްޓަންޓަކު ކަމަށް ފުލުހުން ހާމަކުރި އެވެ. އެ ތިން މީހުންނަށް ކުށުގެ ތުހުމަތުކޮށްފައިވަނީ މެންސްލޯޓަރ ކުށުގެ ތުހުމަތުގަ އެވެ.

ހޮންކޮންގްގެ އުތުރުގައި އޮންނަ ޓާއި ޕޯ ޑިސްޓްރިކްޓުގައި ހުންނަ މި ބޮޑު ހައުސިން ކޮމްޕްލެކްސްގައި އަށް ބްލޮކު ހިމެނޭއިރު، އެއީ 2000 އެޕާޓްމަންޓް އެވެ. މި ކޮމްޕްލެކްސްގައި 4600 އަށް ވުރެ ގިނަ މީހުން ދިރިއެޅެމުން އަންނަ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް