Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2025 | ހޮނިހިރު 19:44
ބަންގްލަދޭޝްގެ ހަޒްރަތު ޝާހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ބައިގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރުމަށް ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ -18 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ ހަޒްރަތު ޝާހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ބައިގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރުމަށް ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ -18 އޮކްޓޯބަރު 2025
ގެޓީއިމޭޖަސް
ބަންގްލަދޭޝް
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް
މިއީ މިހަފްތާގައި އެޤައުމުގައި ހިނގި ތިންވަނަ ބޮޑު އަލިފާނުގެ ހާދިސާ

ބަންގްލަދޭޝް ގެ މައި އެއަރޕޯޓުގެ ކާގޯ ޓަރމިނަލްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެއަރޕޯޓު ހުއްޓުމަކަށް އަތުވެއްޖެއެވެ.

ހާދިސާ އާ ގުޅިގެން ބަންގްލަދޭޝްގެ މައި އެއަރޕޯޓުން ފުރާ ފްލައިޓްތައް ހޮނިހިރު ދުވަހު ލަސް ކުރަން ޖެހި އަދި އެހެން ތަންތަނަށް ފްލައިޓްތައް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ފަޔަރ ސަރވިސް އެންޑް ސިވިލް ޑިފެންސް މީޑިއާ ސެލްގެ އޮފިސަރެއް ކަމުގައިވާ ތަލްހާ ބިން ޒަސިމް ރޮއިޓާރސް އަށް ބުނެފައިވާ ގޮތުގައި 36 ފަޔަރފައިޓިންގ ޔުނިޓުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައި ވެއެވެ.

ޑާކާގެ ހަޒްރަތް ޝާހްޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލެވިފައިވާ ކަމަށް އެއަރޕޯޓުގެ އޮފިޝަލް މަސޫދުލް ހަސަން ނޫސްވެރިންނަށް ބުނެފައިވެއެވެ.

އަލިފާން ރޯވި ސަބަބާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އެތެރޭގެ އަދި ބޭރުގެ ފްލައިޓްތަކަށް މީގެ އަސަރު ކޮށްފައިވެއެވެ.

އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އަސްކަރިއްޔާ، ކަނޑު އަސްކަރިއްޔާ އަދި ވައިގެ އަސްކަރިއްޔާ ފަޔަރ ސަރވިސްއާ އެކު ބައިވެރިވެފައިވެއެވެ.

މިއީ މި ހަފްތާގައި ބަންގްލަދޭޝްގައި ރިޕޯޓުކުރެވުނު ތިންވަނަ ބޮޑު އަލިފާނުގެ ހާދިސާއެވެ. އަންގާރަ ދުވަހު ބަންގްލަދޭޝްގެ އަންނައުނު ފެކްޓަރީއެއްގަ އާއި އެތަނާ އިންވެގެން ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 16 މީހުން މަރުވެ އަދި އިތުރު ބަޔަކަށް އަނިޔާވިއެވެ. ބުރާސްފަތި ދުވަހު އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި، ޗިޓަގޮންގގެ އެކްސްޕޯޓް ޕްރޮސެސިންގ ޒޯނެއްގައި ހުރި އަންނައުނު ފެކްޓަރީ އިމާރާތެއް އަނދައި ހުލިވެގެން ދިޔައެވެ.

މަސްދަރު: ރޮއިޓާރސް
- ކޮމެންޓް